21 ސެޕްޓެމްބަރ 2021 - 14:41

އޮފީހުން ބޭރުގައި ހިންގާ މުއާމަލާތްތައް ރައްކާތެރިކަމާ ކުރުމަށް "ކްލައުޑް ވީޕީއެން" ދިރާގުން ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ ކޮވިޑާ ގުޅިގެން އޮފީސް މަސައްކަތްތައް ކުރުމުގައި އައި ބަދަލާ އެކު ގޭގައި މަސައްކަތްކުރާ މީހުން ވަރަށް ގިނަ ކަމަށެވެ. އަދި ހައިބްރިޑް ވޯކިން މޮޑެލްތައް ރާއްޖޭގައި ވަނީ އުފެދިފަ އެވެ. ދިރާގު ކްލައުޑް ވީޕީއެން އިން އޮފީސް މަސައްކަތްތަކާއި ވިޔަފާރިތަކުގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ސެކުއާ މާހަލެއްގައި ހިންގޭނެ އެވެ.
މި ހިދުމަތް ހޯދަން ރިއަލް ޓައިމްގައި ވަދެވޭ އިރު ރައްކާތެރިކަމާ އެކު އޮފީހުގެ މުހިއްމު މައުލޫމާތުތަކަށް އެކްސެސްވެވޭނެ އެވެ.
ދިރާގުން ބުނީ ޔުނިވާސިޓީތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ކެމްޕަހަށް ނުގޮސް އޮންލައިންކޮށް ފަސޭހަ ކަމާ އެކު ކިޔެވުމުގެ ފުރުސަތު ވެސް މި ހިދުމަތުގެ ތެރެއިން ހޯދަން ފަސޭހަވާނެ ކަމަށެވެ. ދިރާގު ކްލައުޑް ވީޕީއެން ޑިޒައިންކޮށްފައި ވަނީ އިންޓަގްރޭޓެޑް ޕާސަނަލް ފަޔާވޯލްއެއް މެދުވެރިކޮށެވެ.
މި ހިދުމަތް ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނާއި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.
ކްލައުޑް ވީޕީއެން އަކީ ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮފީސްތަކާއި އަމިއްލަ ނެޓްވޯކްތަކަށް ސެކިއުކޮށް އެކްސެސް ވެވޭ ހިދުމަތެކެވެ.