22 ސެޕްޓެމްބަރ 2021 - 06:09

ކޮރެއަން ޑްރާމާތަކުގެ ހުރިހާ ކަމެއް ވެސް މިހާރުގެ ޖީލަށް ވަރަށް ކަމުދެ އެވެ. އެ ޑްރާމާތަކުގައި އުޅޭ އެކްޓަރުންނާއި އެކްޓްރެސްއިންގެ އިތުރުން އެމީހުން ކެއިންބުއިމާއި އެ މީހުން ހެދުން އަޅާ ގޮތް ވެސް މިހާރު ފޮލޯކުރެ އެވެ.

ކޮރެއަން ސީރީޒްތަކުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެ މީހުން ހެދުން އަޅާގޮތެވެ. އެކްޓަރު ނުވަތަ އެކްޓްރެސް އަކީ ޑްރާމާގައި ނުބައި ރޯލު ކުޅޭ މީހާ ކަމުގައި ވިޔަސް އެ މީހަކު ވެސް މަޝްހޫރުވެ އާންމުންގެ މަގުބޫލުކަން ހޯދަނީ ހެދުން އަޅާ ގޮތް ފުރިހަމަކަމުންނެވެ.

މި ބަލައިލަނީ ކޭ ޑްރާމާތަކުން އާންމުންގެ މެދުގައި އެންމެ މަގުބޫލު ތަރިން ހެދުން އަޅާފައިވާ ގޮތަށާއި އެ ސީރީޒްތަކަށެވެ.

މި ސީރީޒްގައި ދައްކަނީ ޒުވާން ފިރިހެން ސީއީއޯއެއް ފޮޓޯގްރަފަރެއް ދެކެ ލޯބިވެ، އެ ލޯބި ހާސިލް ކުރުމަށް ކުރާ ދަތުރެއްގެ ވާހަކަ އެވެ. އަންހެން ކުއްޖާގެ ވަޒީފާގެ ގޮތުން އޭނާ ހެދުން އަޅާފައި ހުންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް އޭނާ ލާ ޓީޝާޓާއި އެއާއެއްކޮށް އޭގެ މަތިން ލާ ޖެކެޓުން ހެދުން ވަރަށް ފުރިހަމަ ކަމަށް ދައްކަ އެވެ.

ބޮސް އަކަށް އުޅޭ އަންހެނަކު ހެދުން އަޅާފައި ހުރިލެއް ފުރިހަމަކަން މި ސީރީޒް އިން ދައްކަ އެވެ. ކޮންމެ ސީންއެއްގައި ވެސް އޭނާގެ ސޫޓް އެ ސީންއަކާ ގުޅުވާލާފައިވާ ގޮތް ވަރަށް ފުރިހަމަ އެވެ. މި ސީރީޒްގައި އާންމުންނަށް އެންމެ ކަމުދިޔަ ސޫޓަކީ ގަދަ ފިޔާތޮށި ކުލައިގެ ސޫޓެވެ.
މި ޝޯގައި ނިއުސް އެންކާއަކަށް އުޅޭ "ލީ ޖަންގް-ހޫން" އަކީ އެކްޓްރެސް "ޔިއޯ ހާން-ޖިން" ދެކެ ވަރަށް ލޯބިވާ މީހެއްގެ ރޯލް އަދާކުރާ މީހެކެވެ. އެ އަންހެން ކުއްޖާގެ ހަނދާންތައް ހުންނަނީ ފިލައިގެން ގޮސްފަ އެވެ. އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިން ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ. އެންމެ ކަމުގޮސްފައި ވަނީ އެ ޝޯގައި އޭނާ ލައިގެން ހުރި ރީދުލާއި އޮރެންޖު ކުލައިން ޑިޒައިން ކޮށްފައި ހުރި އޮމްބްރޭ ހެދުމެވެ.
މިއީ ލޯ ސްކޫލެއްގައި އެތަނުގެ ލޯ ޕްރޮފެސަރަކާއި ދަރިވަރަކު އިންސާފު ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ޝޯއެކެވެ. މި ޝޯގައި ވެސް ކޮންމެ ސީންއަކަށް ހެދުން ޗޫޒްކޮށްފައި ހުރި ގޮތް ވަރަށް ފުރިހަމަ އެވެ. އާންމުންގެ މެދުގައި ޝޯ އިތުރަށް މަގުބޫލުވި އެއް ސަބަބަކަށް ވީ އެ މީހުންގެ ހެދުމުގެ ޑިޒައިންތަކެވެ. މުޅި ޝޯގައި ވެސް ދައްކުވައިދެނީ ހުސް ކަޅު ކުލައިގެ އައުޓްފިޓްސް ތަކެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ އައުޓްފިޓަކީ ދަރިވަރުގެ ރޯލް އަދާ ކުރި "ކަން ސޮލް އޭ" ލައިގެން ހުރި ކަޅުކުލައިގެ ޓްރެންޗު ކޯޓެވެ.
ކޮރެއަން ޑްރާމާތަކުގައި އާންމުކޮށް ދައްކުވައިދެނީ ލޯބީގެ ވާހަކަތަކެވެ. މިއީ ވާހަކަ ލިޔުންތެރިޔަކާއި ސައިކޭޓްރިކް ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރަމުން ދާ ކުއްޖަކާ ދެމެދު ހިނގާ ލޯބީގެ ޑްރާމާއެކެވެ. ހޮސްޕިޓަލް ގައުންގައި ގިނަ ވަގުތު ދެއްކި ނަމަވެސް އޭނާ ލާފައިވާ ބެއިޖް ކުލައިގެ ހެދުމަކަށް ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފަ އެވެ. އެ ހެދުން ލާފައި ހުންނަ އިރު މޭމަތީގައި މުށި ކުލައިގެ ބެލްޓެއް އަޅާފައި އިނުމުން ހެދުމަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވެ އެވެ.