03 ޑިސެމްބަރ 2016 - 12:42
މިހާރު ސްޓައިލް ފްރޮފައިލްސްގެ ފުރަތަމަ އެޕިސޯޑުގައި ފެނިގެންދާނީ މޭކަޕް އާޓިސްޓް ރުތުބާ އަހްމަދްގެ ކުރު ތައާރަފެކެވެ. ފްރީލާންސް މޭކަޕް އާޓިސްޓެއް ގޮތަށް މަސައްކަތް ކުރާ ރުތުބާ އަކީ ސްޕެޝަލް އިފެކްޓްސް މޭކަޕް ވެސް ކޮށްދޭ ފަންނުވެރިއެކެވެ. ރުތުބާގެ މަސައްކަތާއި އޭނާ ކޮށްފައިވާ އެކި މޭކަޕްތައް ވެސް މި ވިޑިއޯއިން ފެންނާނެ އެވެ. ރާއްޖޭގައި ސްޕެޝަލް އިފެކްޓްސް މޭކަޕް ކުރާ އާޓިސްޓުން މަދެވެ. އަދި ރުތުބާ އަކީ މި ދާއިރާގައި ކުރިއަށްދާން ޝައުގުވެރިކަން ހުންނަ ފަންނުވެރިއެކެވެ.