20 ސެޕްޓެމްބަރ 2021 - 15:33

މޯލްޑިވިއަން އިން ނ. މާފަރުން ނިއު ދިއްލީއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ފުރަތަމަ ދަތުރު އޮންނާނީ އަންނަ މަހުގެ 21 ގައި ކަމަށެވެ. މޯލްޑިވިއަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓުން ނިއުދިއްލީއަށް ހަފްތާއަކު ތިން ދުވަހު ދަތުރުކުރާނެ އެވެ. ކޮންމެ ހަފްތާއަކު އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުން މާފަރުން ދިއްލީއަށް ދަތުރުކުރާނެ އެވެ. އަދި ބުދަ، ހުކުރު އަދި އާދިއްތާގައި މާފަރުން ދިއްލީއަށް ދަތުރުކުރާނެ އެވެ.
މިއީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު މޯލްޑިވިއަން އިން ފަށާ ބައިނަލްއަގްވާމީ ފުރަތަމަ އާ ރޫޓެވެ.
މާފަރުން ނިއުދިއްލީއަށް ދެކޮޅު ޓިކެޓް ފެށޭނީ 285 ޑޮލަރަށެވެ. އަދި ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް 312 ޑޮލަރަށް ލިބޭނެ އެވެ. މޯލްޑިވިއަން އިން ބުނީ މޯލްޑިވިއަންގެ އެޕުން އަދި ވެބްސައިޓުން ވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.