މީޑިއާނެޓްގެ އެމްއެސް އެޕުން 50 ޕަސެންޓް ޑިސްކައުންޓް ދެނީ
މީޑިއާނެޓްގެ އެމްއެސް އެޕުން 50 ޕަސެންޓް ޑިސްކައުންޓް ދެނީ

މީޑިއާނެޓް އެމްއެސް އެޕްލިކޭޝަން ބޭނުން ކުރާ ކަސްޓަމަރުންނަށް ލައިވް ޓީވީ އާއި ވީޑިއޯ-އޮން-ޑިމާންޑް(ވީއޯޑީ) ގެ ފިލްމްތައް ބަލަން 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފަށައިިފި އެވެ.

މީޑިއާނެޓުން ބުނީ އެމްއެސް އެޕްލިކޭޝަނަށް އަލަށް ގުޅޭ ކަސްޓަމަރުންނަށް "އެމްއެސް ކޮމްބޯ" ޕެކޭޖް 74ރ. އަށް ލިބޭނެ ކަމަށެވެ. އަދި ތިން މަހަށް 199ރ.، ހަ މަހަށް 349ރ. އަށް އެ ޕެކޭޖް ލިބޭނެ އެވެ. މި ޕެކޭޖު ނަގާ ކަސްޓަމަރުންނަށް 30 ޗެނަލް ފެންނާނެ އެވެ.

އެމްއެސް އެޕްލިކޭޝަން މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަސްޓަމަރުންނަށް އެމްއެސް ވީއޯޑީގެ ކޮންޓެންޓް 49ރ. އަށް ބަލައިލެވޭނެ އެވެ. ތިން މަހަށް 119ރ. އަށް، ހަ މަހަށް 199ރ. ދައްކައިގެން ޗެނަލްތައް ބަލައިލެވޭނެ އެވެ.

މިހާރު ތިބި ކަސްޓަމަަރުންގެ ތެރެއިން "ވޯންޓް އިޓް އޯލް" ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންނަށް އެމްއެސް ވީއޯޑީ ކޮންޓެންޓް 29ރ. އަށް ބެލޭނެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށް ހަދާފައިވާ "އެމްއެސް ޕްރަބަސީ" ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ވެސް 29ރ. އަށް ލިބޭނެ އެވެ.

މީޑިއާނެޓްގެ މަަލްޓި-ސްރީން އާއި އެމްއެސްޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ އިރު މީޑިއާނެޓުން ވަނީ އެމްއެސްޓީވީގެ އެޕްލިކޭޝަން ވެސް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަން ޕްލޭ ސްޓޯރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑް ކުރެވޭނެ އެވެ. މީޑިއާނެޓްގެ އެމްއެސް އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީން ވެސް މީޑިއާނެޓްގެ ކޮންޓެންޓް ބަލައިލެވޭނެ އެވެ.