ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓަރު ރިޓަޔާ ކުރައްވައިފި
ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓަރު ރިޓަޔާ ކުރައްވައިފި

ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓަރު، ކެޕްޓަން އަހުމަދު ރަޝީދު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

އަހުމަދު ރަޝީދު ރިޓަޔާ ކުރެއްވީ ހާބާ މާސްޓަރެއްގެ ގޮތުގައި އެމްޕީއެލްގައި މަސައްކަތް ކުރައްވާތާ 24 އަހަރު ފަހުންނެވެ. އެމްޕީއެލުން ވަނީ އޭނާ އެ ކުންފުންޏަށް ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށް ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

ހާބާ މާސްޓާ އަކީ ޕޯޓެއްގެ ހުރިހާ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ އެވެ. މީގެ ތެރޭގައި ޕޯޓަށް ކައިރިކުރާ ބޯޓުތަކުގެ ނެވިގޭޝަނާއި ޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މެރިޓައިމް ދާއިރާއިން ކަނޑައަޅާފައިވާ ގަވާއިދުތައް ތަންފީޒު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ޕޯޓުގައި ބޭނުންކުރާ އުޅަނދުތަކާއި މެޝިންތަކަކީ ސާވިސްކޮށްފައިވާ އެއްޗެހިތޯ ބަލައި ޕޯޓުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ހާބާ މާސްޓާގެ ޒިންމާއެކެވެ.