01 ޑިސެމްބަރ 2016 - 16:51

އެވިޑް ކޮލެޖުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މާދަމާ އޯޕަންޑޭ ބާއްވަން ނިންމައިފި އެވެ.
އެކޮލެޖުގެ ސީނިއާ މާކެޓިން މެނޭޖަރު އަހުމަދު އަލީ ވިދާޅުވި މާދަމާ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް، ރަސްފަންނު ސަރަހައްދުގައި ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ.
އޯޕަންޑޭގެ ތެރޭގައި ނެށުންތެރިޔާ ސުނީތާ އަލީގެ ހަރަކާތްތަކާއި ސަމީއުގެ ލަވަތަކާއި މެޖިކް ޝޯ އޮންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އޯޕަންޑޭގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތެއް ނަގަން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް ސްރީލަންކާގެ ދެކޮޅު ޓިކެޓާއި ދެ ވަނަ އަށް ހޮވޭ މީހަކަށް، އެ ކޮލެޖުން އެއް އަހަރުގެ މުއްދަތަކަށް ހިންގާ ކޯހަކުން 10 ޕަސެންޓް ޑިސްކައުންޓް އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް ރެސްޓޯރެންޓަކުން ދެ މީހެއްގެ ކެއުން ލިބޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު އެވިޑް ކޮލެޖުން ފަށާ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދަރިވަރަކަށް، ސައިކަލެއް ދޭން ނިންމާފައިވާކަމަށް އަހުމަދު ވިދާޅުވި އެވެ.
ވަޒީފާތަކަށް ނުކުތުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މުހިންމު ކަންކަމަށް މީހުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް އަންނަ އާދިއްތަ ދުވަހު ފެށުމަށް ވެސް އެ ކޮލެޖުން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން އެވިޑް ކޮލެޖުގެ ހޮޓްލައިން 7803228 ނަމްބަރަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.