ހޯމް އިމްޕްރޫވްމަންޓް ފައިނޭންސުން ފައިސާ ވެސް ދޫކުރާނެ: ބީއެމްއެލް އިސްލާމިކް
ހޯމް އިމްޕްރޫވްމަންޓް ފައިނޭންސުން ފައިސާ ވެސް ދޫކުރާނެ: ބީއެމްއެލް އިސްލާމިކް

މިއީ އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް، ހަސަން ކަލާމް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތަކާ ބެހޭ ގޮތުން ހިއްސާކުރެއްވި މުހިންމު ބައެއް މައުލޫމާތެވެ.

ސީއެމްޑީއޭގެ ރެޖިސްޓާޑް ޝަރީއާ އެޑްވައިޒާއެއްގެ އިތުރުން، ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއާ އެސޯސިއޭޓް މެންބަރުކަން ވެސް ކުރައްވާ ކަލާމް، ހިދުމަތްތަކާ ބެހޭ ވަރަށް ގިނަ ކަންކަން ސާފުކޮށްދެއްވި އެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމަށާއި މަރާމާތުކޮށް އަދި އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް، ސޯޝަލް ހައުސިންގ ލިބިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެއް. މި ފެސިލިޓީއަކީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ މުރާބަޙާ، ޑިމިނިޝިންގ މުޝާރަކާ، އަދި ސަރވިސް އިޖާރާ އުސޫލުތަކުގެ ދަށުން ފޯރުކޮށްދެވޭ ފެސިލިޓީއެއް.

- ފައިނޭންސިންގެ ދަށުން މުދާ އަދި ނަގުދު ފައިސާ ވެސް ލިބޭނެ

- ފައިނޭންސިން އަށް ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭ

- އަމިއްލައަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ

- ރަހުނެއް ބަހައްޓާކަށް ނުޖެހޭ

- ފްލެޓް / އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރުމުގެ ފުރުސަތު ލިބޭ. މިގޮތުން ޕްރޮޖެކްޓަކަށް 150،000ރ. އާ ހަމަޔަށް ފައިނޭންސް ލިބޭނެ.

ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށްވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ.

އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން އަވަހަށް ފެސިލިޓިގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ އިހްތިޔާރު ކަސްޓަމަރަށް އޮންނާނެ. މިގޮތަށް އަވަހަށް ފައިސާ ދައްކާ ހަލާސްކުރާ ނަމަ، ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ދެވޭނެ.

- އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތެއް ކަމުގައިވުން

- ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން: ސޯޝަލް ހައުސިން ޕްރޮޖެކްޓްގެ ދަށުން ފްލެޓް، އެޕާޓްމަންޓް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ފަރާތެއް ކަމުގައިވުން / އެތަނުގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތަކަށް ވުން

- ލިބޭ އާމްދަނީ ވޭތުވެދިޔަ 12 މަސްދުވަހު ގަވާއިދުން ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވުން އަދި އެންމެ ފަހު މަހުގައި ލިބިފައިވާ އާމްދަނީ ބީއެމްއެލް އެކައުންޓަކަށް ޖަމާކޮށްފައިވުން

- ފައިނޭންސިން އަށް ފައިސާ ދެއްކުމުގެ ގާބިލުކަންހުރި ފަރާތަކަށްވުން

ފްލެޓްގެ ވެރިފަރާތް ފައިނޭންސިންއަށް ޝަރުތު ހަމަނުވާނަމަ، އެތަނުގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތް/ފަރާތްތަކަށް މި ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ. އާއިލާގެ މެމްބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ، ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތައް، އެއްބަނޑު / އެއްބަފާ މީހުން، ދަރިން، މާމަ، ކާފަ އަދި މާމަ/ކާފަ ދަރިންނަށް.

- ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރު

- ފައިނޭންސިން އަށް ފައިސާ ދެއްކުމުގެ ގާބިލުކަންހުރި ނެތް މިންވަރު

- ބީއެމްއެލް ނުވަތަ އެހެން އެއްވެސް ފަރާތަކާއެކު ކުރެވިފައިވާ ދަރަނީގެ މުއާމަލާތްތަކާއި ވެވިފައިވާ އެއްބަސްވުމަކާ ޚިލާފުވެފައިނުވުން

- ކުރިން ފައިނޭންސިންއެއް، ލޯނެއް ނުވަތަ ކްރެޑިޓް ކާޑެއް ނަގާފައިވާނަމަ، ވޭތުވެދިޔަ 12 މަސް ދުވަހު ޤަވާއިދުން ފައިސާ އަނބުރާ ދައްކާފައިވުން.

އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށް ފަހު މާލެއިންނަމަ، ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށް. މާލެއިން ބޭރުނަމަ ބީއެމްއެލް ގެ ކޮންމެ ބްރާންޗަކަށްވެސް ހުށަހެޅިދާނެ. ނުވަތަ އެޕްލިކޭޝަން ފޯމު އަދި ކޯޓޭޝަންގެ ކުލަ ކޮޕީއެއް (ޕީޑީއެފް ފޯމެޓް ގައި)، އީމެއިލް ކުރެވިދާނެ.

އެޕްލިކޭޝަން ފޯމު އީމެއިލް ކުރާނީ[email protected]އަށް.