ގަޑިއަކު 18 ނޯޓިކަލް މޭލު، މިއީ އެންމެ ސްޕީޑް ބާރު މަސްދޯނި!
ގަޑިއަކު 18 ނޯޓިކަލް މޭލު، މިއީ އެންމެ ސްޕީޑް ބާރު މަސްދޯނި!

ރާއްޖޭގެ މަސްދޯންޏެއްގައި މިހާތަނަށް އެޅި އެންމެ ބޮޑު އިންޖީނާ އެކު ގއ. ދާންދޫގެ ދޯންޏެއް މަސްވެރިކަމުގެ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

ގަޑިއަކު 18 ނޯޓިކަލް މޭލު، މިއީ އެންމެ ސްޕީޑް ބާރު މަސްދޯނި!
ގަޑިއަކު 18 ނޯޓިކަލް މޭލު، މިއީ އެންމެ ސްޕީޑް ބާރު މަސްދޯނި!

ދާންދޫ، ސީސަންގެ މުހައްމަދު ޒާހިރުގެ "ސީސަން ދޯނީ"ގައި އެޅީ 1،390 ހޯސްޕަވަރުގެ މިޓްސުބިޝީ އިންޖީނެކެވެ. ރާއްޖޭގެ މަސްދޯނިފަހަރުގައި މީގެ ކުރިން އެޅި އެންމެ ބޮޑެތި އިންޖީނުތަކަކީ 1،000 ހޯސްޕަވަރުގެ އިންޖީނުތަކެވެ.

ގަޑިއަކު 18 ނޯޓިކަލް މޭލު، މިއީ އެންމެ ސްޕީޑް ބާރު މަސްދޯނި!
ގަޑިއަކު 18 ނޯޓިކަލް މޭލު، މިއީ އެންމެ ސްޕީޑް ބާރު މަސްދޯނި!

ސީސަން ދޯނީގެ ކެޔޮޅު އަޒުވާދު ފާރޫގު "މިހާރު" އަށް ބުނި ގޮތުގައި އާ އިންޖީނު އަޅައިގެން ދޯނީގެ ދުވެލި ޓެސްޓްކޮށްލި އިރު، ހުސް ދޯނީގައި ގަޑިއަކު ގާތްގަނޑަކަށް 18 ނޯޓިކަލް މޭލު ބާރުމިނުގައި ދުވި އެވެ.

ހުސްދޯންޏޭ އެ ބުނީ އެން ދެމުން މަސް ބަރުކުރުން ފަދަ އެއްވެސް ކަމެއް ނުކޮށް އޮންނަ އޮތުމަށެވެ.

ގަޑިއަކު 18 މޭލު ބާރުމިނުގައި ދުވާތީ އެ ދޯނީގެ ސްޕީޑަކީ އާދައިގެ ސްޕީޑް ބޯޓަކާ ދާދި އެއްވަރުގެ ސްޕީޑެކެވެ.

"ލަފާ ކުރެވެނީ އެން ދަމައިގެން ވެސް ގަޑިއަކު 14 މޭލު ބާރުމިނުގައި ދުއްވޭނެ ކަމަށް،" ކެޔޮޅު ބުންޏެވެ.

ސީސަން ދޯނީގައި މީގެ ކުރިން ހުރީ، އަޒްވާދު ބުނިގޮތުގައި 700 ހޯސްޕަވަރުގެ އިންޖީނެކެވެ. އެހެންވީމާ އާ އިންޖީނާ އެކު ދޯނީގެ ދެގުނަވީ އެވެ.

މަސްވެރިކަމުގައި ދޯނީގެ ދުވެއްޔަކީ ވަރަށް މުހިއްމު އެއްޗެކެވެ. ބައެއް މަސް އައިންތަކަކީ ބާރަށް ދުވާ އައިންތަކަކަށް ވާތީ، އައިނުގެ ފަހަތުން ވަރަށް ބާރަށް ދުއްވަން ޖެހެ އެވެ.

ސީސަން ދޯންޏަކީ ރާއްޖޭގެ ގިނަ މަސްދޯނިފަހަރަށް ވުރެ ފުރިހަމަ އަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމު ކޮށްފައިވާ ދޯންޏެކެވެ. އެގޮތުން އަޑީގައި މަސްއައިން އުޅޭކަން ދެނެގަތުމަށްޓަކައި "ފިޝް ފައިންޑާ" ހުންނަ އިރު، ދޫނި އަޅާފައިވާ އައިންތައް ދުރުގައި ހުރި މިސްރާބު ބަލަން ރާޑާ ސިސްޓަމް ވެސް ހުރެ އެވެ. އަޒްވާދު ބުނީ، ރާޑަރަށް އަރާނީ މަސް އައިނުގައި އަޅާފައި ހުންނަ ދޫނިތައް ކަމަށެވެ.

މަސްއައިން ހޯދުމަށް ބޭންކުރާ ޓެކްނޮލޮޖީގެ އިތުރުން މުވާސަލާތު ކުރަން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްްތައް ވެސް އެ ދޯނީގައި އެބަހުއްޓެވެ. އެގޮތުން ސެޓެލައިޓް ފޯނާއި ދޯނި އޮތްތަން ދޯނީގެ ވެރިންނަށް ފަސޭހައިން ބަލައިލެވޭ "ވެސެލް ޓްރެކާ" ވެސް ބޭނުން ކުރެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަން ކުރުމަށް ފަހު، ބޮޑު އިންޖީނު އެޅުމަށާއި އެހެނިހެން މަރާމާތަށް ސީސަން ދޯނީގެ މަސްވެރިކަން ހުއްޓައިލި ފަހުން މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ ދޯނީގައި އިންޖީނު އެޅީ އައްޑޫ ސްލިޕްވޭ އަށް އެހެލައިގެންނެވެ. އިންޖީނާ އެކު މިފަހަރު އެ ދޯނީގެ މަރާމާތަށް ދޯނީގެ ވެރިފަރާތުން ގާތްގަނޑަކަށް ނުވަ މިލިޔަން ރުފިޔާ ހަރަދުކުރި އެވެ.

މި ފަހަރުގެ މަރާމާތުގައި ކުރި އަނެއް މަސައްކަތަކީ ދޯނީގެ މަސްފިނިކުރާ ނިޒާމުގެ ޖާގަ އިތުރުކޮށް ފުރިހަމަ ކުރުމެވެ.

"މިހާރު ގާތްގަނޑަަކަށް 45 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ،" އަޒްވާދު ބުންޏެވެ.

އަޒްވާދު ބުނީ، ދޯނި އަލުން މަސްވެރިކަމަށް ނުކުންނާނީ ދާންދު އަށް ދިއުމަށް ފަހު ކަމަށެވެ. އެ ދޯނީގައި މީގެ ކުރިން 35 މީހުން މަހަށް ދިޔަ އެވެ. އެ އެންމެނަށް ވެސް ހަމަޖެހިލައިގެން ނިދަައި ކައިބޮއި ހެދޭނެ ޖާގަ އާއި ވަސީލަތްތަައް ދޯނީގައި އެބަހުއްޓެވެ.