ތާލިބާނުން ވެރިކަމަށް އައުމާ އެކު އަފްގާން ލަވަކިޔުންތެރިން ފިލައިފި
ތާލިބާނުން ވެރިކަމަށް އައުމާ އެކު އަފްގާން ލަވަކިޔުންތެރިން ފިލައިފި

ކާބުލް (ސެޕްޓެމްބަރު 17) - އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން ވެރިވުމާ އެކު އެ ގައުމުގެ އެތައް ބައިވަރު ލަވަކިޔުންތެރިންނެއް ގައުމޫ ދޫކޮށް ދާން ފަށައިފި އެވެ.

ގިނަ ލަވަކިޔުންތެރިން ދިޔައީ ޕާކިސްތާނަށެވެ. ގަވާއިދާޚިލާފަށް ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް އެތެރެވެފައިވާ އަފްގާންގެ ހަ ލަވަކިޔުންތެރިއަކު ބުނި ގޮތުގައި އެ މީހުން ގައުމު ދޫކުރީ އެހެން ގޮތެއް ނެތިގެންނެވެ. އެކަކު ބުނި ގޮތުގައި އޭނާ އަފްޣާނިސްތާނުގައި އުޅޭ ނަމަ މަރާލާނެ އެވެ.

ތާލިބާނުން ވަނީ މިއުޒިކް މަނާކޮށްފަ އެވެ. އުތުރުގެ ބަގްލާން ޕްރޮވިންސްގައި ލަވަކިޔުންތެރިއަކު މިދިޔަ މަހު މަރާލާފައިވާ ކަމަށް ވެސް ތާލިބާނުންނަށް ތުހުމަތުކޮށްފައިވެ އެވެ. ތާލިބާނުންގެ ކުރީގެ ވެރިކަމުގައި ވެސް މިއުޒިކް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ސަރުކާރު 2001 ވަނަ އަހަރު ވެއްޓުނު ފަހުން އަފްޣާނިސްތާނުގައި އަނެއްކާވެސް މިއުޒިކް ވަނީ ވައިގައި ހިފައިފަ އެވެ.

އަފްގާނިސްތާނުން ފިލައިގެން ގޮސް ޕާކިސްތާނުގެ ރާވަލްޕިންޑީގައި ދިރިއުޅޭ ލަވަކިޔުންތެރިއަކު ބުނީ އޭނާ އަފްޣާނިސްތާނުގައި ހުރެއްޖެ ނަމަ މަރާލާނެ އެވެ. ސަބަބަކީ އަފްޣާންގެ އަސްކަރިއްޔާ އަށް އޭނާ އެތައް ލަވައެއް ކުރިން ކިޔައިދީފައިވާތީ އެވެ.

"ތާލިބާނުންނަށް ވެރިކަން ނުލިބެނީސް އަހަރެންނަށް އިންޒާރު ދޭން ފަށާފައި ވަނީ،" އެ މީހާ ބުންޏެވެ.

ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ވަނީ އަފްޣާނިސްތާނުގެ ރޭޑިއޯ ސްޓޭޝަންތަކުން ވެސް މިއުޒިކް ފޮނުވުން މަނާކޮށްފަ އެވެ.