16 ސެޕްޓެމްބަރ 2021 - 11:52

ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ހޯދަން ނަންބަރު ނެގޭ ގޮތް ހަދައިފި އެވެ.
އުރީދޫން ބުނިގޮތުގައި މި ބަދަލު ގެނައީ ކަސްޓަމަރުން ކިޔޫގައި ހޭދަކުރަން ޖެހޭ ވަގުތު މަދުކޮށް ފަސޭހައިން ހިދުމަތް ހޯދޭނެގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރަނީ މާލެ އާއި ހުޅުމާލޭގެ އޯއީސީ ސެންޓަރުތަކުން އެކަންޏެވެ.
ކިޔުބީ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.