ދިރާގު "އަމިއްލަ" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އާ ވޮއިސް އެެޑްއޮން އެއް
ދިރާގު "އަމިއްލަ" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އާ ވޮއިސް އެެޑްއޮން އެއް

ދިރާގުގެ "އަމިއްލަ" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އާ ވޮއިސް އެޑްއޮންއެއް މިއަދު ތައާރަފުކޮށްފި އެވެ.

"އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި ތައާރަފު ކުރި މި އެޑްއޮން މަހަކު 175ރ. އަށް އެކްޓިވޭޓް ކުރެވޭނެ އެވެ. މި އެޑްއޮން އިން ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭނެ އެވެ.

މި އަހަރުގެ ކުރީކޮޅު ތައާރަފުކުރި ދިރާގު "އަމިއްލަ" ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެ މީހެއްގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެކެވެ. އަމިއްލަ ވޮއިސް ޕްލަސް އަކީ މިހާރު ކަސްޓަމަރުން ނަގާ ޕެކޭޖުތަކުގައި ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްތައް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތައާރަފުކުރި އެޑްއޮން އެއް ކަމަށް ދިރާގުން ބުންޏެވެ.

"އަމިއްލަ" ޕޯސްޓްޕެއިޑް މެދުވެރިކޮށް ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ. އަދި "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ އެވެ.

މި ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓާއި ސޯޝަލް މީޑިއާ އާއި ވޮއިސް އާއި ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނެ އެވެ. ސްޓްރީމިން އެޑްއޮންގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނެ އެވެ. އަދި ރާއްޖެ އިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަ އައިޑީޑީ ވެލިއު ޕްކްސްވެސް މީގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.