15 ސެޕްޓެމްބަރ 2021 - 17:51

ށ. މަރޮށީގެ ބަނދަރު ހަދަން އަމިއްލަ ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ހެވީ ފޯސް ކުންފުންޏާ ހަވާލުކުރި އެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ހެވީ ފޯސް އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.
ޖުމުލަ 43.3 މިލިއަން ރުފިޔާގެ މި މަސައްކަތް 420 ދުވަހުގެ ތެރޭގައި ހެވީ ފޯސް އިން ނިންމަން ޖެހެ އެވެ.
މި މަސައްކަތުގެ ދަށުން 26،330 ކިއުބިކް މީޓަރުގެ ނެރެއް ފުން ކުރުމާއި ގްރޮއިން އާއި ބްރޭކްވޯޓާ ހެދުމާއި ރިވެޓްމަންޓް ޖަހާނެ އެވެ. އަދި އެއްގަމު ތޮއްޓާއި ޕޭވްމަންޓާއި ރޭމްޕެއް ވެސް ހަދާނެ އެވެ.