14 ސެޕްޓެމްބަރ 2021 - 12:23

ބާސެލޯނާ (ސެޕްޓެމްބަރު 14) - ބަޔާން މިޔުނިކު އަތުން ޗެމްޕިއަންސް ލީގުގައި 8-2 އިން ބަލިވި މެޗުގެ އަސަރެއް މިހާރު ނުކުރާނެ ކަމަށް، އެފްސީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި 2020 ގެ ކުއާޓާ ފައިނަލުގައި ބަޔާން އިން ވަނީ 8-2 އިން ބާސާ ބަލިކޮށްފަ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސާ އާއި ބަޔާން ލައްވާލީ އެއް ގުރޫޕެއްގަ އެވެ. މިރޭ އެ ދެ ޓީމު ބައްދަލު ކުރާ މެޗު ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި އޮންނާނެ އެވެ.
މިރޭގެ މެޗުގެ ކުރިން ކޫމަން ބުނީ އެ ނަތީޖާ އަކީ އެއް އަހަރު ކުރީގެ ނަތީޖާއެއް ކަމަށާއި ބާސާގެ ޓީމަށް ވެސް އޭގެ ފަހުން ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.
"މި ދައްކަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ މެޗެއްގެ ވާހަކަ. އެކަމަކު އެ މެޗުގެ ހަނދާން އަހަރެމެންގެ އެބަހުރި. ސަބަބަކީ އެ މެޗުގައި ކުޅުންތެރިން މިތިބީ. އަހަރެމެން މި މަސައްކަތް ކުރަނީ އެ ކުޅުންތެރިންނަށް މިރޭގެ މެޗުގައި ކޮންމެވެސް ކަމެއް ހާސިލު ކޮށްދެވޭތޯ،" ކޫމަން ބުންޏެވެ.
"މެޗު ވާނީ ވަރަށް އިންޓެންސިވް ގޭމެއް ކުޅޭ މެޗަކަށް ބަޔާންއާ ދެކޮޅަށް އަހަރެމެންނަށް ނުރައްކާ ކުރެވޭނެ."
މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކުޅޭނީ ރަޝިއާގެ ޒެނިޓްއާ ދެކޮޅަށެވެ. އެ މެޗު ވެސް ފަށާނީ މިރޭ 12 ޖަހާއިރު އެވެ. މިރޭ 9:45 ގައި ސްވިޒަލެންޑްގެ ޔަންގު ބޯއީސްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނެ އެވެ.