އެންމެ ފަަހުން ސައުތުގޭޓް އިންގްލެންްޑުގެ ދާއިމީ ކޯޗަކަށް
އެންމެ ފަަހުން ސައުތުގޭޓް އިންގްލެންްޑުގެ ދާއިމީ ކޯޗަކަށް

ލަންޑަން (ޑިސެމްބަރު 1) - ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑުގެ ދާއިމީ ކޯޗުގެ މަގާމް ގަރެތު ސައުތުގޭޓަށް ދީފި އެވެ.

އިންގްލެންޑް ކޯޗަކަށް އުމުރުން 46 އަހަރުގެ ސައުތުގޭޓް ވަގުތީގޮތުން ހަމަޖެއްސީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސައުތުގޭޓާ އިންގްލެންޑް ހަވާލުކުރީ މަގާމާ ހަވާލުވިތާ 67 ފަހުން އިންގްލެންޑް ކޯޗުކަމުން ސޭމް އެލަޑައިސް އިސްތިއުފާ ދިނުމުންނެވެ.

ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައިނުވެ އެވެ. ދެ މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުންވީ އެއްވަރެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗަކީ ވެމްބްލީގައި ސްޕެއިންއާ 2-2 އިން އެއްވަރުވި މެޗެވެ.

"ދާއިމީކޮށް އަހަންނަށް މި މަގާމު ލިބުން އެއީ ފަހުރެއް ގޮތުގައި ދެކެން. މިދިޔަ ހަތަރު މެޗުގައި ވެސް ކުރިމަތިވި ހުރިހާ ފާޑުކިޔުންތަކާ އެކު އަހަރެން ބޭނުންވީ ޓީމަށް އެހީވެދޭން. މިކަމުގައި ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި އެފްއޭ އިން ދިން ސަޕޯޓަށް ޝުކުރު އަދާކުރަން. މުސްތަގުބަލުގައި ވެސް އެގޮތުގައި ތިބުމަށް އެދެން،" ކުރިން އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓަކީ ކޯޗިން ކެރިއަރު ފެށީ 2006 ވަނަ އަހަރު އޭނާ ކުރިން ކުޅުނު ކްލަބް މިޑްލްސްބަރާ އިންނެވެ. އޭނާ އަކީ ފާއިތު ތިން އަހަރު އިނގިރޭސި 21 އަހަރުން ދަށު ޓީމުގެ ކޯޗެވެ.

ސައުތުގޭޓް އިންގްލެންޑާ އެކު އެއްބަސްވުން ހެދީ މުސާރައިގެ ގޮތުގައި އަހަރަކު ދެ މިލިއަން ޕައުންޑް ލިބޭގޮތަށެވެ. މިއީ އިންގްލެންޑް ކޯޗަކު ފާއިތުވި އަށް އަހަރަށް ބަލާއިރު އެންމެ ދަށް މުސާރައަކަށް ހަމަޖެއްސި ފަހަރެވެ.

ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން އެންމެ ފުރަތަމަ ނުކުންނާނެ މުބާރާތަަކަށް ވުމުގެ ފުރުސަތު ބޮޑީ 2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕެވެ.