ސާފަށް ރާއްޖެ: "މަގޭ މަހަލްދީބު، ތިންވަނަ ފަހަރު، މިއީ އެފަހަރު"
ސާފަށް ރާއްޖެ: "މަގޭ މަހަލްދީބު، ތިންވަނަ ފަހަރު، މިއީ އެފަހަރު"

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ ގައުމީ ޓީމަށް ހާއްސާ ތީމް އާއި ޝިއާރު ލޯންޗުކޮށްފި އެވެ.

ސާފަށް ރާއްޖެ: "މަގޭ މަހަލްދީބު، ތިންވަނަ ފަހަރު، މިއީ އެފަހަރު"
ސާފަށް ރާއްޖެ: "މަގޭ މަހަލްދީބު، ތިންވަނަ ފަހަރު، މިއީ އެފަހަރު"

ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ހާއްސަ ތީީމަކީ "މަގޭ މަހަލްދީބު" އެވެ. ގައުމީ ޓީމުގެ ޝއާރު ހާއްސަކޮށްފައި ވަނީ ތިން ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ރާއްޖެ އިން އާމާޒު ކަނޑައަޅައިފައިވުމުން އެއަށް ނިސްބަތްކޮށެވެ. ރާއްޖޭގެ ޝީއާރަކީ "ތިންވަނަ ފަހަރު، މިއީ އެފަހަރު" އެވެ.

ސާފަށް ރާއްޖެ: "މަގޭ މަހަލްދީބު، ތިންވަނަ ފަހަރު، މިއީ އެފަހަރު"
ސާފަށް ރާއްޖެ: "މަގޭ މަހަލްދީބު، ތިންވަނަ ފަހަރު، މިއީ އެފަހަރު"

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ގައުމީ ޓީމުގެ ތީމް އާއި ޝިއާރުގެ އިތުރުން ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ ލޯގޯ އާއި މެސްކޮޓް ވެސް ލޯންޗުކޮށްފަ އެވެ. މި ހުރިހާ ސެގެމެންޓެއް ވެސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

"މަގޭ މަހަލްދީބު" ތީމްއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުރިން ރާއްޖެއަށް ކިޔައި އުޅޭ ނަމެއްގެ ގޮތުގައި އެނަން ބޭނުންކޮށްފައި ވުމުންނެވެ. ސާފް ޗެމްޕިންޝިޕުގެ މާކެޓިންގައި އިސްކޮށް އުޅުއްވާ ނިއުޝާދު ޝަރީފް ވިދާޅުވީ، ސަޕޯޓަރުން ދިވެހި ޓީމަށް ސަޕޯޓް ދިނުމަށް ވެސް އެ ތީމް ބޭނުން ކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ ވާދަވެރި ޓީމުތަކަށް އަޅުގަނޑުމެން މި ބުނެދެނީ، މިއީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއޭ،" މަގޭ މަހަލްދީބު ތީމް ތަފްސީލުކޮށްދެމުން ނިއުޝާދު ވިދާޅުވި އެވެ.

"އަދި އެއާ އެކު މީގެއިން ވަރަށް ރީތި ޗާންޓް އެއް (ހިތްވަރު ދިނުމުގެ ގޮތުން ތަކުރާރުކޮށް ބޭނުން ކުރާ އިބާރާތެއް) އުފެދިގެން އާދޭ. މިސާލަކަށް ބޭރު ގައުމުތަކުގައި ސްޕެއިންގައި ވެއްޖެއްޔާ އެބަ ބޭޏުން ކުރޭ އެސްޕަންޔާ. އެގޮތަށް ރާއްޖޭގެ ޓީމަށް ސަޕޯޓް ދޭއިރު 'މަހަލްދީބު.. މަހަލްދީބު' ބޭނުން ކުރެވޭނެ."

އެންމެ ފަހުން ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕު ބޭއްވީ 2008 ގައި ލަންކާއާ ދެ ގައުމު ކޯ ހޯސްޓްގެ ގޮތުގަ އެވެ. އެ ފަހަރު ގައުމީ ޓީމުގެ ޝިއާރެއްގެ ގޮތުގައި ބޭނުން ކުރީ "އަހަރެމެންގެ ފަހަރު" އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މުބާރާތް ކާމިޔާބު ކުރަން ރާއްޖެއިން ނުކުންނަނީ ތިން ވަނަ ފަހަރަށެވެ. އެހެންވެ ގައުމީ ޓީމުގެ މިފަހަރުގެ ޝިޔާރެއްގެ ގޮތުގައި "ތިން ވަނަ ފަހަރު. މިއީ އެފަހަރު" ހަމަޖެއްސީ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 1 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓުބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.

ރާއްޖެއިން ވަނީ ޓްރޭނިން އަށް ގަތަރުގައި ކޭމްޕްކޮށްފަ އެވެ. ޓީމު އެނބުރި މާލެ އަންނާނީ މިމަހު 28 ގަ އެވެ.