ޓިކްޓޮކްގައި ބަރަހަނާވި މީހާ ހައްޔަރުކޮށްފި
ޓިކްޓޮކްގައި ބަރަހަނާވި މީހާ ހައްޔަރުކޮށްފި

ޓިކްޓޮކްގައި ބަރަހަނާވި މީހާ ރޭ ހައްޔަރުކޮޮށްފި އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހާއަކީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅޭ ފިރިހެނެކެވެ.

ޓިކްޓޮކްގައި ދިވެއްސަކު ބަރަހަނާވެ ވީޑިއޯ އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމަކު ޓިކްޓޮކްގެ ގަވާއިދު ބުނާ ގޮތުން ބަރަހަނާ މަންޒަރު އާންމުކުރުމަކީ މަނާ ކަމެކެވެ. އެހެންވެ ވީޑިއޯ އާންމުކުރުމުން، އޭނާގެ އެކައުންޓް ވަނީ ބޭންކޮށްފަ އެވެ.