11 ސެޕްޓެމްބަރ 2021 - 20:08

ޓޫރިޒަމް ދާއިރާގެ އެންމެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަނަކަށް މި އަހަރު ވެސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އައްޔަން ކޮށްފި އެވެ.
އޭނާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި މަޓީގެ 31 ވަނަ އަހަރީ އާއްމު ޖަލްސާގަ އެވެ. ވާޗުއަލްކޮށް ބޭއްވި މި ޖަލްސާގައި އެ ޖަމިއްޔާގެ 78 މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
މަޓީގެ ޗެއާމަންގެ އިތުރުން އެހެން މަގާމުތަކަށް ވެސް މީހުން ވަނީ އައްޔަން ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ މަގާމުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.
- މުހައްމަދު އުމަރު މަނިކު: ޗެއާމަން
- ހުސެއިން އަފީފު: ވައިސް ޗެއާމަން
- ސޮލާހު ޝިހާބު: ވައިސް ޗެއާމަން
- އަހުމަދު ނަޒީރު: ސެކްޓަރީ ޖެނެރަލް
- އައްސަދު އަލީ: ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް
- އަހުމަދު ސިޔާމް މުހައްމަދު: އެގްޒެކެޓިވް ބޯޑު މެންބަރު
- އިބްރާހިމް ނޫރައްދީން: އެގްޒެކެޓިވް ބޯޑު މެންބަރު
- އިބްރާހިމް ޝިޔާން ގާސިމް: އެގްޒެކެޓިވް ބޯޑު މެންބަރު
- އިބްރާހިމް ސިޔާދު ގާސިމް: އެގްޒެކެޓިވް ބޯޑު މެންބަރު
- ޒުހައިލާ މަނިކު: އެގްޒެކެޓިވް ބޯޑު މެންބަރު
- އައިޝަތު ނީނާ އަހުމަދު: އެގްޒެކެޓިވް ބޯޑު މެންބަރު
- ގޯޑަން އެންޑްރިއު ސްޓުއާޓް: އެގްޒެކެޓިވް ބޯޑު މެންބަރު