10 ސެޕްޓެމްބަރ 2021 - 16:27

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު "ގެލެކްސީ ޒީ ފޯލްޑް3 5ޖީ" ގެ ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.
މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކުރެވޭނެ އެވެ. ބޮޑު ސްކްރީނަކުން ފެށިގެން، ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެވެ.
މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަ ޑިސްޕްލޭ ކެމެރާ ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. މި ފޯނުގައި 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 ގެ 5ޖީގައި އެސްޕެން ސަޕޯޓް
ކުރާނެ އެވެ.
ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ- އޯޑަރު ކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ ހަ މަސްދުވަހުގެ މުއްދަތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ދިރާގުން މި ފޯނަށް ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް "ގެލެކްސީ ބަޑްސް 2" ހަދިޔާއެއްގެ ގޮތުގައި ލިބޭނެ އެވެ. ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެ އެވެ.