09 ސެޕްޓެމްބަރ 2021 - 12:52

ހޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޓަނޭޝަނަލް ސީރީޒްތައް ދައްކާ "ހިޓްސް" އާއި "ހިޓްސް މޫވީޒް" މީޑިއާ ނެޓަށް ތައާރަފްކޮށްފި އެވެ.
މީޑިއާ ނެޓުގެ ޗެނަލް 813 އިން ހިޓްސް ޗެނަލް ފެންނާނެ އެވެ. އަދި ޗެނަލް 808 އިން ފެންނާނީ ހިޓްސް މޫވީޒް އެވެ.
"ހިޓްސް" އިން މާޝް، ދަ ލަކީ ޝޯ، އައި ޑްރީމް އޮފް ޖެނީގެ އިތުރުން ބީވިޗް ފެންނާނެ އެވެ. އަދި މާޑާ، ޝީ ރޯޓް ފަދަ ބޮޑެތި ޑްރާމާތައް ހިމެނެ އެވެ.
ބްރިޓިޝް ކްލެސިކް ކަލެކްޝަން ތެރޭގައި ޝާލޮކް ހޯމެސް، ޔެސް މިނިސްޓަ އަދި މައިންޑް ޔޯ ލޭންގްއޭޖު ފަދަ މަޝްހޫރު ޝޯތައް ފެންނާނެ އެވެ.
"ހިޓްސް މޫވީޒް" އިން 60 އާއި 2000ގެ އަހަރުތަކުގައި ބްލޮކްބާސްޓާސް ފިލްމުތައް ބަލައިލެވޭނެ އެވެ. އެރިން ބްރޮކޮވިޗް، ފްރީ ވިލީ، އައުޓް ބްރޭކް ފަދަ މޮޅު ފިލްމުތައް ބެލޭނެ އެވެ. އަދި މީގެ އިތުރުން ކޮމިޑީ ފިލްމު ބެކް ޓު ދަ ފިއުޗާ، ވައިޓް ޗިކްސް، ޓްވިންސް ހިމެނެ އެވެ.
ތްރިލާ ފިލްމުތަކުގެ ތެރޭގައި ލީތަލް ވެޕަން، ހާޑް ޓާގެޓް، ބްލެކް ހޯކް ޑައުން ހިމެނެ އެވެ. ސްކްރީމްް، ޕޮލްޓާގީސްޓް، ސްކޭރީ މޫވީ ފަދަ ބިރުވެރި ފިލްމް ވެސް ހިޓްސް ސީރީޒުން ބެލޭނެ އެވެ.
މީޑިއާ ނެޓުން ބުނާގޮތުގައި، އޮކްޓޯބަރު 4 ކާއި ހަމައަށް މި ޗެނަލްތައް ބަލައިލެވޭނީ ހިލެ އެވެ.