09 ސެޕްޓެމްބަރ 2021 - 13:01

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތުކުރުމުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލުގެ 57 ޕަސެެންޓު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހޮސްޕިޓަލުގައި ހުންނަ އޯޕީޑީ އިމާރާތުގެ 75 ޕަސެންޓާއި ވިއްސާ ކޮޓަރި ހިމެނޭ އިމާރާތުގެ 52 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތުކުރުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫ އަށް 33 މިލިއަން ރުފިޔާ ޚަރަދުކުރެ އެވެ.
ތިނަދޫ އަކީ 7 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އެ ހިސާބުގެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދަނީ އެ ހޮސްޕިޓަލުންނެވެ.