ރޮނާލްޑޯއާ އެކު ޔުނައިޓެޑަށް އިތުބާރު ލިބިއްޖެ: ފެނާންޑޭޒް
ރޮނާލްޑޯއާ އެކު ޔުނައިޓެޑަށް އިތުބާރު ލިބިއްޖެ: ފެނާންޑޭޒް

ބަކޫ (ސެޕްޓެމްބަރު 8) - ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން ކުޅުންތެރިންނަށް އިތުބާރު ބޮޑުވެއްޖެ ކަމަށް، އެ ޓީމުގެ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް ބުނެފި އެވެ.

ޕޯޗްގަލްގެ ގައުމީ ޓީމުގައި ރޮނާލްޑޯ އާއި ފެނާންޑޭޒް އެކުގައި ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. ޔުނައިޓެޑްގައި ވެސް އެ ދެކުޅުންތެރިން އެކުގައި ދެން ފެނިގެންދާނެ އެވެ. ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވީ 12 އަހަރަށް ފަހު އެވެ. ކުރިން ޔުނައިޓެޑަށް ކުޅެ ރޮނާލްޑޯ ވަނީ 292 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ.

ރޭ އަޒަރުބައިޖާންއާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި ފެނާންޑޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޕޯޗްގަލްގެ ސްކޮޑާ ވަކިވެ ރޮނާލްޑޯ ހުރީ މެންޗެސްޓާގަ އެވެ.

"އަހަރެމެންނަށް އެނގޭ ޓީމަށް އަންނާނެ ޖޯޝާއި ހިތްވަރު. ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭނެ ކްރިސްޓިއާނޯ އަދި ހުރިހާ ކުޅުންތެރިން ވެސް ތިބީ ހިތްހަމަޖެހިފައި އޭނާ އެނބުރި އައުމުން،" ރޭގެ މެޗަށް ފަހު ފެނާންޑޭޒް ބުންޏެވެ.

"އަހަރެމެން ކުޅުންތެރިންނަކީ ޓީމަށް ލިބުނު އެ ހިތްވަރުގެ އެއްބައި. އަހަރެމެންނަށް އެނގޭ މި ޓީމަށް އޭނާ ގެނެސްދޭނެ ކަންތައްތައް. ކްރިސްޓިއާނޯއާ އެކު އަހަރެމެންނަށް ތަށިތަކާ ކައިރިއަށް ދެވޭނެ."

އަންނަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑްއާ ދެކޮޅަށް މެންޗެސްޓާ ކުޅޭ މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ބެލެވެ އެވެ. އެންމެ ފަހުން ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑްގައި ރޮނާލްޑޯ ކުޅުނު މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދައިފަ އެވެ.