ތިނަދޫގައި ހުރި ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނި ހުރުމުން ނުވިއްކަން އަންގައިފި
ތިނަދޫގައި ހުރި ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނި ހުރުމުން ނުވިއްކަން އަންގައިފި

ގދ. ތިނަދޫގައި ރައްކާކޮށްފައި ހުރި "ޕްރީމަ ސިލޯން" ބްރޭންޑުގެ ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނި ހުރި މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތިނަދޫގައި ރައްކާކޮށްފައި ހުރި ޕްރީމަ ސިލޯން ބްރޭންޑްގެ ގޮދަން ފުށުގެ ބެޗެއްގައި ގިނަ އަދަދަކަށް އުކުނާއި ފަނި ހުރިކަން ކަށަވަރުކުރެވިފައިވާތީ އެ ބެޗުގެ ގޮދަން ފުށް ވިއްކައިގެން ނުވާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން އެހެން ބެޗްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކުރަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.