ޓިއުމަރެއް ނަގަން ކުރި އޮޕަރޭޝަނަށް ފަހު ޕެލޭގެ ހާލު ރަނގަޅު
ޓިއުމަރެއް ނަގަން ކުރި އޮޕަރޭޝަނަށް ފަހު ޕެލޭގެ ހާލު ރަނގަޅު

ސައު ޕޯލޯ (ސެޕްޓެމްބަރު 7) - ފުޓުބޯޅަ ލެޖެންޑް، ޕެލޭގެ ގޮހޮރުން ޓިއުމަރެއް ނަގަން ކުރި އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށް ޕެލޭ ބުނެފި އެވެ.

ބްރެޒިލްގެ ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ތިން ފަހަރު ހޯދި ޕެލޭ އަކީ، ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ޝަހުސިއްޔަތެކެވެ. ވޯލްޑް ކަޕް ތިން ފަހަރަށް ހޯދި ހަމައެކަނި ކުޅުންތެރިޔަކީ މިހާރު އުމުރުން 80 އަހަރުގެ ޕެލޭ އެވެ.

ޕެލޭގެ ހާލަތާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކީ، ހަ ދުވަސް ވަންދެން އޭނާ ހޮސްޕިޓަލުގައި ހޭދަކުރުމުން، ބްރެޒިލްގެ މިޑިއާތަކުން އޭނާގެ ހާލަތާ ބެހޭގޮތުން ސުވާލު އުފެއްދުމުންނެވެ.

"ޓިއުމަރެއް އިންކަން އެނގުނީ މިދިޔަ ހަފުތާގައި ހެދި ޓެސްޓްތަކުން. އެއީ އާންމުކޮށް އަަހަރެން ހައްދާ ޓެސްޓްތަކެއް،" ޕެލޭ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ސައު ޕޯލޯގެ އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން ބުނީ ޕެލޭ އޮތީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް މިއަދު އޭނާ ޕްރައިވެޓް ވޯޑަށް ބަދަލު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ޕެލޭގެ ހަށިގަނޑުން ނެގި ޓިއުމަރު ވަނީ ޓެސްޓް ކުރަން ފޮނުވާފައި،" އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސޯޝަލް މީޑީއާގައި ޕެލޭ އިތުރަށް ލިޔެފައި ވަނީ އިތުރު ކާމިޔާބުތައް ހޯދަން އާންމުންނާ ބައްދަލު ކުރުމަށް އުންމީދު ކުރާ ކަމަށެވެ.

"މި މެޗާ އަހަރެން ކުރިމަތިމިލަނީ ހިނިތުންވެ ހުރެގެން،" ޕެލޭ ލިޔެފައިވެ އެވެ. "އަހަރެންގެ އާއިލާ އާއި ރަހުމަތްތެރިންގެ ހެޔޮއެދުންތަކާ އެކު އަހަރެންގެ ވަށައިގެން ވަނީ އުފާވެރިކަން."

ބްރެޒިލްގެ ސަންތޯސް އާއި އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް އަށް ކުޅުނު ޕެލޭގެ ދުވަސްވަރުގެ ފުޓްބޯޅަ ތަފާތެވެ. ވަރުގަދަ ޓެކްލްތަކާއި ޗެލެންޖުތައް ކުރިމަތިކޮށްގެން ކުޅުނު ދުވަސްވަރު ވެސް އޭނާ ފާހަގަކުރެވިފައި ވަނީ އަނިޔާއާ ދުރު ކުޅުންތެރިޔެކެއްގެ ގޮތުގަ އެވެ.

އެކަމަކު އޭނާގެ އުނަގަނޑަށް ކުރިމަތިވި މައްސަލަތަކުގައި އެއްޗެއްގެ އެހީއާ ނުލައި ގިނަ ދުވަސްތަކެއް ވަންދެން ނުހިނގި އުޅެން ޖެހުނެވެ. ކޮވިޑް-19 އާ ގުޅިގެން ޕަބްލިކް ލައިފުން ޕެލޭ ނުފެނެ އެވެ.