ކްރިސްޓަލް މެޑިކަލްސްއިން ޕީސީއާރު ޓެސްޓު ހަދަން ފަށައިފި
ކްރިސްޓަލް މެޑިކަލްސްއިން ޕީސީއާރު ޓެސްޓު ހަދަން ފަށައިފި

ކްރިސްޓަލް މެޑިކަލްގައި ޕީސީއާރު ލެބެއް ހުޅުވައި، ކޮވިޑް ޓެސްޓު ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ކްރިސްޓަލް މެޑިކަލްސްއިން ޕީސީއާރު ޓެސްޓު ހަދަން ފަށައިފި
ކްރިސްޓަލް މެޑިކަލްސްއިން ޕީސީއާރު ޓެސްޓު ހަދަން ފަށައިފި

އެ ކްލިނިކުން މިދިޔަ މަހުގެ 26 ގައި ޕީސީއާރު ޓެސްޓުގެ ހިދުމަތް ދޭން ފެށިއިރު، އެ ލެބުން ދުވާލަކު 1،000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭނެ ކަމަށް ބުންޏެވެ.

މި ލެބުން ގިނަވެގެން 24 ގަޑިއިރު ތެރޭގައި ސާމްޕަލްގެ ނަތީޖާ ލިބޭއިރު، އަވަހަށް ނަތީޖާ ހޯދުމަށް ހާއްސަ ޕެކޭޖުތަކެއް ހަމަޖައްސާފައިވެ އެވެ. އެއީ ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަަގުތެއްގައި ނަތީޖާ ލިބޭ ޕެކޭޖަކާއި ހަ ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނަތީޖާ ލިބޭ ޕެކޭޖެއްގެ އިތުރުން 12 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނަތީޖާ ލިބޭ ޕެކޭޖުތަކެކެވެ.

ގޭގެ އަށް ގޮސްގެން ޓެސްޓު ހެދުމުގެ އިތުރުން، ރިސޯޓުތަކާއި ގެސްޓް ހައުސްތައް އަދި ކުންފުނިތަކަށް ހާއްސަ ރޭޓުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި ދިވެހިންނަށް ހާއްސަ ވަކި އަގުތަކެއް މި ކްލިނިކުން ވަނީ ކަނޑައަޅައިފަ އެވެ.

ކްރިސްޓަލް މެޑިކަލްގެ ޕީސީއާރު ލެބުން ކޮވިޑް ޓެސްޓު ކުރުމުގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭނގަނޑު 10:00 އަށެވެ. ހުކުރު ދުވަހު އެ ތަން ހުޅުވާނީ މެންދުރުފަހު 3 އިން ރޭގަނޑު 10 ޖަހަންދެންނެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު 7790671 އިން ލިބޭނެ އެވެ.