06 ސެޕްޓެމްބަރ 2021 - 12:09

ލިވަޕޫލް (ސެޕްޓެމްބަރު 6) - ލިވަޕޫލުގެ ކޮންޓްރެކްޓް ފޯވަޑް މުހައްމަދު ސަލާހް، އާކުރާނީ ބޮޑު މުސާރައެއް ހުށަހެޅުމުން ކަމަށް، އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
ސަލާހް، 29، އާ އެކު ލިވަޕޫލުން ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ކޮންޓްރެކްޓް ފަހު މަރުހަލާއަށް އެޅުމުގެ ކުރިން އޭނާގެ ކޮންޓްރެކްޓް އާކުރުމަކީ ލިވަޕޫލްގެ ޓާގެޓެކެވެ. ނަމަވެސް އޭނާ ކޮންޓްރެކްޓް އާކުރުމަށް ލިވަޕޫލުން ކުރަން ޖެހޭ މަސައްކަތް ބުރަ އެވެ.
އެންމެ ބޮޑު ކަމަކީ، އޭނާގެ މުސާރަ ބޮޑު ކުރުމެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ، މުސާރައިގެ ގޮތުގައި ހަފުތާއަކު 692،000 ޑޮލަރު ދޭން ސަލާހް ޑިމާންޑް ކޮށްފައިވާ ކަމަށެވެ. އެ މުސާރައާ އެކު އޭނާ ވެގެންދާނީ ޕްރިމިއާ ލީގުގެ އެންމެ ބޮޑު މުސާރަ ލިބޭ އެއް ކުޅުންތެރިޔާ އަށެވެ.
މުސާރައިގެ ގޮތުގައި، މިހާރު ލިވަޕޫލުން ސަލާހަށް ދެނީ ހަފުތާ އަކު 276،000 ޑޮލަރެވެ.