ރޮސްޓްރަމް އާއި ސިޑިބަރި ހިމަނައިގެން އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ
ރޮސްޓްރަމް އާއި ސިޑިބަރި ހިމަނައިގެން އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ

ބ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމް އާއި ސިޑިބަރި ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރޮސްޓްރަމް އާއި ސިޑިބަރި ހިމަނައިގެން އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ
ރޮސްޓްރަމް އާއި ސިޑިބަރި ހިމަނައިގެން އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ

މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ އެހީގައި އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު އޭނާގެ އެހީގައި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ ރޮސްޓްރަމް އާއި ސިޑިބަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.

ރޮސްޓްރަމް އާއި ސިޑިބަރި ހިމަނައިގެން އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ
ރޮސްޓްރަމް އާއި ސިޑިބަރި ހިމަނައިގެން އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަނީ

އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހަދާނެ އެވެ. މީގެ އިތުރުން، އެ މަޝްރޫއު ނިމޭއިރު އެހެން ވަސީލަތްތައް ވެސް އެ ދަނޑުގައި ފުރިހަމަ ކުރަން ވަނީ ނިންމައިފަ އެވެ.

އޭދަފުށި ޓާފް ދަނޑަކީ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެވެ. އަދި އެ ދަނޑަކީ ބައިނަލްއަގްވާމީ މިންގަނޑުތަކެއް ފެތޭ ގޮތަށް އަޅާފައިވާ ދަނޑެކެވެ.

އެ ދަނޑު ހުޅުވީ 2019 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.