03 ސެޕްޓެމްބަރ 2021 - 08:51

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) އަށް ވައްތަރު މީހަކު ފެނިގެން މިދިޔަ ހަފުތާގައި އެ ވާހަކަ ވަރަށް ގިނަ މީޑިއާތަކަށް ވެސް އަރާފައިވެ އެވެ. އެމެރިކާގެ އަލަބަމާގައި ފުލުހެއްގެ ވަޒީފާ އަދާކުރާ އެރިކް ފީލްޑްސް ފެނުމުން ރޮކް ވެސް ހުރީ ހައިރާންވެފަ އެވެ.
ފޮޓޯއަށް އިޝާރާތްކޮށް، ކުރީގެ ރެސްލިން ތަރި ބުނީ އެ މީހާ މާ ބޮޑަށް ވެސް "ކޫލް" ކަމަށެވެ. އަދި އެރިކް އަކީ ފުލުހެއްކަން ފާހަގަކޮށް ގައުމީ ހިދުމަތަށް ޝުކުރު ވެސް އަދާކޮށް ބުނެފައި ވަނީ "ކޮންމެވެސް ދުވަހަކުން ދެ މީހުން އެއްޗެއް ބޯލަން ދާންވާނެ" ކަމަށެވެ.
"ބޭނުންވޭ [އެރިކް] ގެ ރޮކް ސްޓޯރީޒް ވެސް އަޑު އަހާލަން،" ރޮކް ބުންޏެވެ.
އެރިކް ބުނެފައިވާ ގޮތުގައި އޭނާ ރޮކްއާ ވައްތަރު ކަމަށް ބުނެ މިހާރު ވަރަށް ގިނަ މީހުން އެކީގައި ސެލްފީ ނަގަން ވެސް އެދެ އެވެ. އެހެންވެ މިހާރު އިހުސާސްކުރެވެނީ ސެލެބެރިޓީއެއް ގޮތަށް ކަމަށް ވެސް ފުލުހުންގެ ހިދުމަތުގައި އުޅޭތާ 17 އަހަރުވީ 37 އަހަރުގެ އޮފިސަރު ބުންޏެވެ.