02 ސެޕްޓެމްބަރ 2021 - 10:36

ޓްރީޓޮޕް ހޮސްޕިޓަލުން ބ. އޭދަފުށީގައި ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 10 އަދި 11 ވަނަ ދުވަހު އެވެ. މި ކޭމްޕުގައި، ބަލި މީހުންނަށް ހެލްތު ސްކްރީނިން ހަދައިދިނުމުގެ އިތުރުން އިތުރު ފަރުވާ ބޭނުންވާ މީހުންނަށް އެކަމަކާ ގުޅޭ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.
މި ކޭމްޕުގައި ބަލި މީހުން ބަލާނީ ޓްރީޓޮޕްގެ، ކަށީގެ އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނެވެ. އެއީ ކަށީގެ އޮޕަރޭޝަންގެ ހާއްސަ ތިން ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު ހަބީބާއި ޑރ. ހުސައިން ފައިސަލް އާއި ޑރ. އަލީ މުޒުނީ އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހެމަތު އޯޑަ އެވެ.
ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މިއީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހިލޭ ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް 6608309 ނުވަތަ 6600294އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.
މިއީ ޓްރީޓޮޕް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓާލާ ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ