ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޫބަރާ ހަމައަށް އިތުރުކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޫބަރާ ހަމައަށް އިތުރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓަން މިއަދު ނިންމައިފި އެވެ.

ރާއްޖެއިން ކޮވިޑް ފެނިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ މާޗު 12، 2020 ގަ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމަމުން އައިސްފައިވާއިރު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

ގިނަ ލުއިތަކެއް މިވަގުތު ވެސް ދީފައިވާއިރު މާލޭގެ ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އެކަމަކު އަނެއްކާ ވެސް މަޑުމަޑުން ކޭސްތައް އިތުރުވަމުން އެބަދެ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ޖުލައި މަހު އެއް ޕަސެންޓުގައި ހުރި ނަމަވެސް އެ އަދަދު މިދިޔަ މަސް ނިމުނުއިރު ތިން ޕަސެންޓަށް އިތުރުވެފައިވެ އެވެ. އެކަމަކު ކޮވިޑް ވެކްސިން ފުރިހަމަކުރާ މީހުންނަށް ލުއިދެމުން އެބަދެ އެވެ.