ހުރި ގޮތަށް ހުއްޓާ ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފި
ހުރި ގޮތަށް ހުއްޓާ ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަަރައްގީކުރި ފްލެޓްތަކުގައި ބައެއް މީހުން ދިރިއުޅެން ފަށައިފި އެވެ. ބައެއް މީހުން އެތަނުގައި ދިރިއުޅެން ފަށާފައި ވަނީ ކިރިޔާ އުޅެލެވޭވަރުކޮށްގެންނެވެ.

ހުރި ގޮތަށް ހުއްޓާ ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފި
ހުރި ގޮތަށް ހުއްޓާ ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓެއް އަޅާފައިވާއިރު ޖުލައި މަހުގެ 14 އިން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ވަރަށް ގިނަ މީހުންނާ މިހާރު ވަނީ އެއްބަސްވުން ވެސް ހަދައިފަ އެވެ. އެކަމަކު އަދިވެސް ބައެއް މީހުންގެ އެއްބަސްވުންތަކުގައި ސޮއި ނުކުރެ އެވެ

"މިހާރު"ގެ ނޫސްވެރިން ހޯމަ ދުވަހު ފްލެޓް ޓަވަރުތަކަށް ދިޔައިރު، ބައެއް މީހުން އެ މީހުންގެ ފްލެޓްތަކަށް ގޮދަޑި އާއި ބައެއް ސާމާނު ވެސް ވައްދަމުން ދިޔަ އެވެ. އޭގެ ތެރޭގައި އަންނައުނާއި ހިފާގެންގުޅޭ ބައެއް ސާމާނު ވެސް ހިމެނެ އެވެ.

މަދު ބަޔަކު އިއްޔެ ވެސް ވަނީ ފްލެޓްތަކަށް ބަދަލުވެފަ އެވެ. އެނގިފައިވާ ގޮތުގައި، ފްލެޓްގެ އެތެރޭގެ ބައެއް މަސައްކަތްތައް ބައެއް މީހުން ނިންމަމުން ދަނީ އެތާނގައި ދިރިއުޅެމުންނެވެ.

ފްލެޓް ލިބުނު މީހުންނަށް ކުލި ނުނަގާ ގޮތަށް އެތަން ނިންމަން ދީފައިވާ ހަތަރު މަހުގެ މުއްދަތު މިއަދު ގުނަން ފަށާފައިވާ އިރު، ބައެއް މީހުން އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރުމުން އެ މަސައްކަތް ފެށި އެވެ. ބައެއް މީހުން ތަށި މުށި ޖަހައި ކަބަޑު ސެޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އޭގެ ތެރެއިން ބަޔަކު މީހުން މިހާރު ދިރިއުޅެމުން އަންނަނީ ހިޔާ ފްލެޓްގަ އެވެ.

އެނގިފައިވާ ގޮތުގައި ބައެއް މީހުން ދިރިއުޅެން ފެށި އިރު، ހަމައެކަނި ކުރި ކަމަކީ ދޮރުފަތްތައް ހަރުކޮށްލުން އެކަންޏެވެ. ޓައިލްސްއެއް ނުޖަހަ އެވެ. ބައެއް މީހުން ތަށިމުށި ޖަހައި ކިރިޔާ އުޅެލެވޭ ވަރުކޮށްގެން ވެސް ދިއުޅެމުން ދެ އެވެ.

"ގޭގައި ތަށިމުށި ޖަހައި ދޮރުތައް ހަރުކޮށްފައި ހުންނާނީ. ދެން ހަމައެކަނި ކޮޓަރީގައި ހުންނާނީ ފަންކާ ހަރުކޮށްފައި. ކިރިޔާ އުޅެލެވޭވަރުކޮށްގެން މި ބަދަލުވަނީ،" މި މަހު އެތަނަށް ދިރިއުޅުން ބަދަލުކުރަން ފަށަން ތައްޔާރުވާ މީހަކު ބުންޏެވެ.

ފްލެޓްތަކަށް ބައެއް މީހުން ބަދަލުވަމުން އަންނައިރު މިގޮތަށް ބަދަލުވަމުން މިދަނީ ހަތަރު މަހަށް ހިލޭ އުޅުމުގެ ފުރުސަތު ލިބޭތީ އެވެ. ބައެއް މީހުން ބުނި ގޮތުގައި ކުއްޔަށް އުޅޭ ތަންކޮޅު ދޫކޮށްލުމުން، އެތަން ހެދުމަށް ވެސް އެ މީހުންނަށް ކޮންމެވެސް ވަރަކަށް ފައިސާ ރައްކާކުރެވޭނެ އެވެ.

ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަ މީހުން ބުނި ގޮތުގައި އެތަން ހަދައި ނިމޭއިރު އެ މީހުންގެ އަތުން 120،000 އެއްހާ ރުފިޔާ ހަރަދުވާނެ އެވެ. މިހާރު ވެސް ބޮޑު އަދަދެއް ހަރަދުވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ.