02 ސެޕްޓެމްބަރ 2021 - 06:56

ސްޓާ ޕްލަސްގެ މަގުބޫލު ސިލްސިލާ "އަނޫމަޕާ" ގެ ވާހަކައިން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ޓްވިސްޓްތަކެއް ފެންނާނެކަން ކަށަވަރުކޮށް ދިނުމާ އެކު، އެއަށް ގެންނަ އާ ކެރެކްޓާއާ އެކު އާ ޕްރޮމޯއެއް ވެސް ދައްކަން ފަށައިފި އެވެ.
މި ޕްރޮމޯގައި ފެންނަނީ އަނޫޕަމާގެ ސްކޫލްގެ ދުވަސްވަރު އޭނާ އަށް ހިިތްކިޔައިގެން އުޅުނު އަނުޖް ކަޕާޑިއާ އެތައް ޒަމާނެއް ފަހުން އަނޫޕަމާއާ ބައްދަލުވާ ތަނެވެ. މި ކެރެކްޓާއާ އެކު، ކުރިއަށްހުރި އެޕިސޯޑްތަކުން ޝައުގުވެރި އެތައް ކަމެއް ފެންނާނެ އެވެ. ސްކޫލްގެ ދައުރުގެ މީހަކާ ޒަމާންތަކެއް ފަހުން އަނޫޕަމާއާ ބައްދަލުވާ އިރު، ކައިވެންޏަށް ތިން ދަރިން ލިބި އެ ދަރިން ބޮޑުވި ފަހުން އޭނާ އާއި ފިރިމީހާ ވަންރާޖް ޝާހްގެ ކައިވެނި ވެސް ރޫޅައިލިތާ މިހާރު އެތައް ދުވަހެކެވެ. އެހެންވެ އަނޫޕަމާ މިހާރު ހުރީ ހުސްހަށިބަޔަށެވެ.
އަނޫޖްގެ ކެރެކްޓާ އިން އަނޫޕަމާގެ ހަޔާތަށް ދެން އަންނަ ބަދަލުތައް ފެންނާނެ އެވެ. އޭނާގެ ކުރީގެ ފިރިމީހާ މިހާރު ކައިވެނިކޮށްގެން އުޅެނީ އެތައް އަހަރެއް ވަންދެން ސިއްރު ލޯބީގެ ގުޅުމެއް ބޭއްވި ކާވިއާއާ އެވެ.
ކައިވެނި ރޫޅުނަސް އަނޫޕަމާ ދިރިއުޅެނީ ކުރީގެ ފިރިމީހާގެ ގޭގަ އެވެ. އެގެއިން އެއްބައި އޭނާގެ ބަފާބެ ވަނީ އަނޫޕަމާ އަށް ހިބައިން ވެސް ދީފަ އެވެ.
"އަނޫޕަމާ" ގެ އަނޫޖްގެ ކެރެކްޓާ އިން ފެންނާނީ މީގެ ކުރިން ވެސް ސިލްސިލާތަކުން ފެނިފައިވާ މަޝްހޫރު މޫނެއް ކަމަށްވާ ގޯރަވް ކަންނާ އެވެ. އޭނާ ކުރިން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ތެރެ ބިން"، "މޭރޭ ޑޯލީ ތޭރޭ އާގަން" އަދި "ޔޭ ޕިޔާރު ނާ ހޯގާ ކަމް" ހިމެނެ އެވެ.
މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ "އަނޫޕަމާ" އިން މި އަހަރުގެ ކުރީކޮޅު ވެސް އާ ކެރެކްޓާއެއް ފެނިގެން ދިޔަ އެވެ. އެއީ އަޕޫރްވާ އަގްނިހޯތުރީ ކުޅުނު ޑރ. އަދުވައިތުގެ ރޯލެވެ. އެކަމަކު އެޕްރީލް މަހު
ތައާރަފުވި ކެރެކްޓާ ޖޫން މަހުގެ ތެރޭގައި ނިމުމަކަށް ގެނަ އެވެ.
"އަނޫޕަމާ" ގެ ލީޑް ތަރިންނަކީ ރުޕާލީ ގަންގޫލީ (އަނޫޕަމާ)، ސުދާންޝޫ ޕާންޑޭ (ވަންރާޖް) އަދި މަދަލްސާ ޝަރުމާ (ކާވިއާ) އެވެ.