30 އޯގަސްޓް 2021 - 09:23

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ފެށުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ހޮނިހިރު ދުވަހު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 143.1 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާފައި ވާއިރު 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެ އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ.