ފުރުޓް ފްލައިގެ ނިދުމުގެ އާދައާ އަހަރެމެން ހަމަ އެއްގޮތް!
ފުރުޓް ފްލައިގެ ނިދުމުގެ އާދައާ އަހަރެމެން ހަމަ އެއްގޮތް!

ބައެއް މީހުން އެއްގޮތަކަށް ވެސް މެންދުރު ކާކަށް ބޭނުމެއް ނުވެ އެވެ. ޚާއްސަކޮށް އޮފީސްތަކުގައި ބުރަކޮށް މަސައްކަތްކުރާ މީހުންނެވެ. އެމީހުން ބުނަނީ މެންދުރު ކައިފި ނަމަ ނިދި އަންނަވަރުން މަސައްކަތް ކުރަން ވެސް އުނދަގޫ ކަމަށެވެ.

ފުރުޓް ފްލައިގެ ނިދުމުގެ އާދައާ އަހަރެމެން ހަމަ އެއްގޮތް!
ފުރުޓް ފްލައިގެ ނިދުމުގެ އާދައާ އަހަރެމެން ހަމަ އެއްގޮތް!

މިގޮތަށް ދިމާވާ ސަބަބުތަކާ މެދު ވިސްނާލިން ހެއްޔެވެ؟ ދިރާސާތަކުން ދައްކާ ގޮތުން މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ޕްރޮޓީން އާއި ލޮނު ގިނައިން ހުންނަ ކާނާ ކެވޭތީ އެވެ. ޚާއްސަކޮށް ކެވޭ މިންވަރު މާ ގިނަވީމަ އެވެ.

އެމެރިކާގެ ދަ ސްކްރިޕްސް ރިސާޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ވަނީ ފުރުޓް ފްލައި ނިދާ މިންވަރާއި ކެއުމުގެ އާދަތައް ގެންގުޅޭ ގޮތް ދެނެގަންނާނެ ސިސްޓަމެއް އުފައްދާފަ އެވެ. އެ ސައިންސްވެރިން ބުނާ ގޮތުގައި ފުރުޓް ފްލައި ކަންތައް ކުރާ ގޮތާއި އިންސާނުން އުޅޭ ގޮތް ވަރަށް އެއްގޮތެވެ. އެ އެއްޗެތި ވެސް މާ ގިނައިން ކައިފި ނަމަ ގިނައިރު ނިދަ އެވެ.

ފުރުޓް ފްލައިގެ މިޒާޖު ދެނެގަންނަން ތައްޔާރުކުރި ސިސްޓަމަށް ރެކޯޑް ކުރި މައުލޫމާތަށް ބަލާއިރު ކެއުމަށް ފަހު އެ އެއްޗެހި ވެސް ގިނަ ވަގުތު ނިދާފައި ނޫނީ ރަނގަޅަށް ހޭލައެއް ނުތިބެވެ އެވެ. އިތުރު ދިރާސާތަކުން ހާމަވީ ވަކި ވައްތަރެއްގެ ކާނާ ކެއުމުން މާ ގަދަޔަށް ނިދި އަންނަ ކަމެވެ.

ކެއުމާއި ނިދުމާ ހުރި ގުޅުން ބޮޑަށް ދެނެގަތުމަށް ޑރ. ވިލިއަމް ޖާ އާއި އޭނާގެ ޓީމުން ވަނީ ފުރުޓް ފްލައި އަށް ޚާއްސަކޮށް އުފެއްދި އެކްޓިވިޓީ ރެކޯޑިން ކެފޭ (އޭއާރްސީ) ކިޔާ ސިސްޓަމުގައި އެ އެއްޗެހި ކާ މިންވަރު ބެލޭނެ ގޮތާއި ހަރަކާތްތައް މޮނިޓާ ކުރެވޭނެ ގޮތް ހަދައިފަ އެވެ. އެ ނިޒާމް އެގޮތަށް ފަރުމާކުރީ ނިއުޓްރިއަންޓްސް ހުންނަ މިންވަރެއްގެ ސަބަބުން ނިދި އަންނަލެއް ބޮޑުތޯ ނުވަތަ ކުޑަތޯ ބެލުމަށެވެ.

އެ ޓީމުން ދެން މެހިތަކަށް ދިނީ ޕްރޮޓީން އާއި ލޮނު ނުވަތަ ހަކުރު އެކުލެވޭ ކެއުމެވެ.

ޖާނަލް އީލައިފްގައި ޖެހި ދިރާސާގައިވާ ގޮތުން ކެއުމަށް ފަހު ނިދި އަންނަނީ ހަމައެކަނި ޕްރޮޓީން އާއި ލޮނު ބޭނުން ކުރުމުންނެވެ. އަދި ނިދޭ މިންވަރާއި ކެއުމަށް ބޭނުންކުރާ ކާނާއާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަވި އެވެ.

ދިރޭ ކޮންމެ އެއްޗަކަށް ވެސް ނިދި މުހިންމެވެ. އެހެންކަމުން ކެއުމަށް ފަހު ނިދި އަންނަ ސަބަބެއް ހޯދުމަކީ ވަރަށް ޝައުގުވެރިވި ކަމެއް ކަމަށް ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެ އެވެ.