ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވަނީ
ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވަނީ

ޓިއުރިން (އޯގަސްޓް 27) - ޔުވެންޓަސް ދޫކޮށްލަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވަނީ
ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވަނީ

ރޮނާލްޑޯ ބަދަލުވާނެ ކަމަށް ބެލެވެނީ އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށެެވެ. ވާދަވެރި މެންޗެސްޓާ ސިޓީން ވެސް ރޮނާލްޑޯ ސޮއި ކުރުވަން ޝައުގުވެރިވި އެވެ. ނަމަވެސް މިހާރު އެ ކްލަބުން ވަނީ ޓްރާންސްފާގެ ރޭހުން ވަކިވެފަ އެވެ.

ޔުނައިޓެޑަށް ރޮނާލްޑޯ އެނބުރި ދަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ރެއާލް މެޑްރިޑަށް ސޮއިކުރުމަށް 2009 ގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލީ އޭރުގެ ޓްރާންސްފާ ރެކޯޑް ފީއެއް ކަމަށްވާ 90 މިލިއަން ޑޮލަރަށެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ ދެ އަހަރު ހޭދަކުރި އެވެ. އޭނާގެ އަސްލު ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު އެވެ. ރެއާލް މެޑްރިޑަށް 110 މިލިއަން ޑޮލަރު ދިނުމަށް ފަހު ޔުވެންޓަސްއިން އޭނާ ސޮއި ކުރުވީ 2018 ގަ އެވެ. އޭރު އާ ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށް ބުނެ ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯ އެ ކްލަބު ދޫކޮށްލަން ނިންމީ ވެސް އަމިއްލަ އަށެވެ.

"ކްރިސްޓިއާނޯ އަހަރެން ގާތު އިއްޔެ ބުނި ތިމަންނަގެ އެއްވެސް ވިސްނުމެއް ނެތޭ މިހާރު ޔުވެންޓަސް އަށް ކުޅޭކަށް،" ސެރީ އާ ގައި މާދަމާ އެމްޕޮލީ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި އެލެގްރީ ބުންޏެވެ. "އެހެންވެ މާދަމާގެ މެޗަށް އޭނަ އަށް ފުރުސަތެއް ނުދޭނަން."

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ޕްރިމިއާ ލީގަށް އަލުން ގެންނަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ސިޓީންނެވެ. އެ ކްލަބުން ރޮނާލްޑޯގެ ޓްރާންސްފާއާ މެދު ވިސްނަން ފެށީ އެ ކްލަބުން ޓާގެޓް ކުރި ހޭރީ ކޭން ގެނެވެން ނެތުމުންނެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ވަނީ މި ސީޒަންގައި އެ ކްލަބުގައި މަޑުކުރަން ނިންމައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްސަޔާ ކުރިން ބުނެފައި ވަނީ ކްލަބުގެ ލެޖެންޑް ރޮނާލްޑޯ އަށް މެން ޔޫ އިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެލެކްސް ފާގަސަންގެ ކޯޗު ކަމުގެ ދަށުން ރޮނާލްޑޯ ވަނީ 2003 ން 2009 އަށް ޔުނައިިޓެޑަށް ކުޅެފަ އެވެ. އެ ކްލަުބަށް 84 ލަނޑު އޭނާ ޖެހި އެވެ.

ރޮނާލްޑޯ، 36، ގެ ޓްރާންސްފާ އަށް ޔުނައިޓެޑުން ދޭނީ ކިހާ ވަރެއްގެ އަގެއް ކަމެއް އަދި މުޅިން ފައިނަލެއް ނުވެ އެވެ.