މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި
މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި

މައްޗަންގޯޅީގެ ދެ މަގެއް އަންނަ މަހުން ފެށިގެން އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި އެވެ.

މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި
މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި

ދެ މަގެއްގެ ޓްރެފިކް ފްލޯ އަށް ގެނައި ބަދަލަކީ، ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ނިކަގަސްހިނގުމުގެ އިސްކަންދަރު މަގާ ގުޅުނު ހިސާބުން ފެށިގެން ނިކަގަސް ހިނގުމުގެ އަމީނީ މަގާ ހަމައަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށާއި ބަޑިފަސްގަނޑު ހިނގުމުގެ އަމީނީ މަގާ ގުޅުނު ހިސާބުން ފެށިގެން ބަޑިފަސްގަނޑު ހިނގުމުގެ އިސްކަންދަރު މަގާ ހަމައަށް ދެކުނުން އުތުރަށް ދުއްވާ ގޮތަށެވެ.

މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި
މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މައްޗަންގޯޅީގައި ހުންނަ ޖަލާލުއްދީން މިސްކިތް ކައިރީގައި އޮންނަ ނިކަގަސް މަގުގެ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރި ބައި ކުރިން ދެކޮޅަށް ދުއްވާ ގޮތަށް އޮތް އިރު ވަރަށް ބާރުބޮޑުވާ ކަމަށެވެ. އަދި ޓްރެކް ދަނޑު ކުރިމަތިން ވާ ގޮތަށް އޮންނަ ބަޑިފަސްގަނޑު ހިނގުމުގެ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރި ބައިގައި ކުރިން ދެކޮޅަށް ދުއްވާތީ ވެސް ވަރަށް ބާރުބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެ މަގުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނައީ ދުއްވާ މީހުންނަށް ފަސޭހަކުރުމަށް،" ނާފިޒް ވިދާޅުވި އެވެ.

މާލޭގައި ހިންގާ ބައެއް މަޝްރޫއުތަކާ ގުޅިގެން މީގެ ކުރިން ވަނީ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން، އިންޑަސްޓްރިއަލް ވިލެޖް ހަދާތީ ޓްރެކް ދަނޑު ސަރަހައްދުގެ މަގެއް ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައިވާ އިރު، މަޖީދީ މަގު ހެދުމުގެ މަޝްރޫއަށް ބައެއް މަގުތައް ބަންދުކޮށް، ބައެއް މަގުތަކުގައި ދުއްވޭ ގޮތަށް ބަދަލުކޮށްފައިވެ އެވެ.