28 އޯގަސްޓް 2021 - 05:50

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ބޮޑީގާޑުންނަށް ލިބޭ ފީއަށް މީޑިއާތަކުގެ ސަމާލުކަން އަބަދު ވެސް ވަރަށް ބޮޑަށް ލިބެ އެވެ. މި ފަހުން އެންމެ ބޮޑަށް ދެކެވުނީ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީގެ ބޮޑީގާޑްގެ އާމްދަނީގެ ވާހަކަ އެވެ.

މިހާރު ދެކެވެނީ އަމީތާބް ބައްޗަންގެ ބޮޑީގާޑް ޖިތެންދުރަ ޝިންޑޭގެ ވާހަކަ އެވެ. ޑީއެންއޭ އިން ގެނެސްދީފައިވާ ރިޕޯޓެއްގައިވާ ގޮތުން އޭނާ އަށް އަހަރަކު 1.5 ކްރޯޑް ރުޕީސް ނުވަތަ 3 މިލިއަން ދިވެހި ރުފިޔާ ދެ އެވެ. މިއީ އިންޑިއާގެ ގިނަ ކުންފުނިތަކުގެ ސީއީއޯންނަށް ލިބޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ.
ޝިންޑޭ އަކީ އަމިއްލަ ސެކިއުރިޓީ އެޖެންސީއެއް ވެސް ހިންގާ މީހެކެވެ. އެކަމަކު އަމީތާބް، 78، ސެކިއުރިޓީ ބަލަހައްޓަނީ ސީދާ ޝިންޑޭ އެވެ. އަމީތާބް އިންޑިއާގެ އެކި ތަންތަނަށް ކުރާ ދަތުރުތަކާއި ގައުމުން ބޭރަށް ކުރާ ދަތުރުތަކުގައި ވެސް ހަށިފާވެރިއެއްގެ ޒިންމާ ނަގަނީ ސީދާ ޝިންޑޭ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޝާހްރުކްގެ ބޮޑީގާޑަށެވެ. އޭނާއާ އެކީ މަސައްކަތްކުރާތާ 10 އަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޮޑީގާޑް ރަވީ ސިންގްގެ އަހަރީ އާމްދަނީ އަކީ 2.7 ކްރޯޑް ރުޕީސް ނުވަތަ 364,159 ޑޮލަރު (5.63 މިލިއަން ޑޮލަރު) އެވެ. ސަލްމާންގެ މަޝްހޫރު ބޮޑީގާޑް ޝޭރާގެ އަހަރީ އާމްދަނީ އަކީ 2 ކްރޯޑް ރުޕީސް ނުވަތަ 269,778 ޑޮލަރު (4.17 މިލިއަން ޑޮލަރު) އެވެ.
ބަތަލާ ދީޕިކާ ޕަދްކޯންގެ ބޮޑީގާޑް ޖަލާލްގެ އަހަރީ އާމްދަނީ އަކީ 80 ލައްކަ ރުޕީސް ނުވަތަ 107,933 ޑޮލަރު (1.67 މިލިއަން ރުފިޔާ) އެވެ.