ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަނީ
ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަނީ

ފެމިލީ ކޯޓަށް އިތުރު ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފެމިލީ ކޯޓަށް ދެ ފަނޑިޔާރަކު ބޭނުންވާ ކަމަށެވެ. އަދި މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

މި ދެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރުވުމާ އެކު، ގާނޫނު ނުވަތަ އިސްލާމީ ޝަރީއާ އިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައި ވުމެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމަކީ ވެސް ޝަރުތެކެވެ.

ފެމިލީ ކޯޓަށް އިތުރު ފަނޑިޔާރުން ހޯދަން އިއުލާނުކުރި އިރު، ކޮވިޑާއި ގުޅިގެން އެ ކޯޓުގެ މަސައްކަތްތައްކަށް ގެނައި ބައެއް ބަދަލުތައް ވަނީ ކުރިއެކޭ އެއްގޮތަށް ބަދަލު ކޮށްފަ އެވެ.