ބްރިޖު މަޝްރޫއު އަށް ރައީސްގެ ޔަގީންކަމެއް ނެތް: އަދުރޭ
ބްރިޖު މަޝްރޫއު އަށް ރައީސްގެ ޔަގީންކަމެއް ނެތް: އަދުރޭ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ފާހަގަކުރާ މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފައި ނުވާތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ބްރިޖު މަޝްރޫއު އަށް ރައީސްގެ ޔަގީންކަމެއް ނެތް: އަދުރޭ
ބްރިޖު މަޝްރޫއު އަށް ރައީސްގެ ޔަގީންކަމެއް ނެތް: އަދުރޭ

ބްރިޖު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެފްކޮން އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.

ބްރިޖު މަޝްރޫއު އަށް ރައީސްގެ ޔަގީންކަމެއް ނެތް: އަދުރޭ
ބްރިޖު މަޝްރޫއު އަށް ރައީސްގެ ޔަގީންކަމެއް ނެތް: އަދުރޭ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވަޑައިނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު އެ ބޭފުޅުންނަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ރަސްމިއްުޔާތަށް ސަރުކާރުގެ އިސްވެރިން ވަޑައިނުގަތުމުން އިދިކޮޅުން ފާޑުކިޔާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލުމަށް ހެދި ސިނަމާލޭ ބްރިޖުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް ނައިބް ރައީސްގެ މަގާމުގައި އޭރު ހުންނެވި އަހުމަދު އަދީބެވެ. އަދި ރައީސް ޔާމީނާއި އެ ސަރުކާރުގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ވިލިމާލެ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިސަރުކާރުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. މިނިސްޓަރު ލެވެލްގެ ބޭފުޅުންގެ ތެރެއިން ރަސްމިއްޔާތުން ފެނިވަޑައިގަތީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދުވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންންނެވެ.

މި ބްރިޖުގެ މަސައްކަތް 2023 ގެ ކުރިން އެއްކޮށް ނިމޭނެ ކަމަށް ނުބެލެވެ އެވެ. އެކަމަކު ބްރިޖްގެ ބައިތަކުގެ ތެރެއިން މާލެ-ވިލިމާލެ ގުޅުވައިދޭ ބައި، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެ އެވެ. ބްރިޖްގެ މަސަައްކަތް ކުރިއަށް ގެންދާނީ ނިމޭ ވަރަކުން ނިމޭ އެކި ބައިތައް ހުޅުވާ ގޮތަށެވެ.