ހަތަރު އަހަރަށް ފަހު ލިލީ އަލުން ގައުމީ ޓީމަށް
ހަތަރު އަހަރަށް ފަހު ލިލީ އަލުން ގައުމީ ޓީމަށް

ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ގައުމީ ފުޓްބޯޅަ ޓީމަށް ނަގައިފި އެވެ.

ހަތަރު އަހަރަށް ފަހު ލިލީ އަލުން ގައުމީ ޓީމަށް
ހަތަރު އަހަރަށް ފަހު ލިލީ އަލުން ގައުމީ ޓީމަށް

އޭނާގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ފޯވަޑް، އަލީ ހައިޝަމް (ޗުމްޕް) އާއި މާޒިޔާގެ ޑިފެންޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ ގައުމީ ޓީމަށް ނަގައިފަ އެވެ.

ހަތަރު އަހަރަށް ފަހު ލިލީ އަލުން ގައުމީ ޓީމަށް
ހަތަރު އަހަރަށް ފަހު ލިލީ އަލުން ގައުމީ ޓީމަށް

ލީލީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެފައި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ނޮވެމްބަރު 2017 ގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަންނަ އޮކްޓޯބަރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ފުރަތަމަ އިއުލާން ކުރި ސްކޮޑުގައި ލިލީގެ ނަން ހިމަނާފައެއް ނުވެ އެވެ. ލިލީ އާއި ޗުމްޕު ނުނެގުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފެއްދި އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަންގެ ކޯޗުކަމުގެ ދަށުން ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗުމްޕު ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗު، އަލީ ސުޒޭން ބުނީ ސްކޮޑު އިއުލާން ކުރުމުގެ ކުރިން ކްލަބުތަކުގެ ކޯޗުންނާ ބައްދަލުކުރި ކަމަށެވެ.

"ކްލަބުތަކުގެ ކޯޗުންނާ މަޝްވާރާ ކުރިއިރު ޗުމްޕުގެ ޕާފޯމަންސްއާ ބެހޭގޮތުން އިންމަ ވެސް ވިސްނަމުންދާ ކަމަށް ބުނި،" ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުންޏެވެ. "އެއީ އޭރުގެ ޕާފޯމަންސާއި ލީގުގައި ދެއްކި ކުޅުމަށް ބަލާފައި."

ޖޫން މަހު ކުޅުނު ކޮލިފިކޭޝަން މެޗުތަކުގައި ވެސް އިއްބެ ގައުމީ ޓީމަށް ނަގަން ނިންމި ނަމަވެސް އޭނާ އަށް ބައިވެރި ނުވެވުނީ އަމިއްލަ ކަމެއް ދިމާވެގެން ކަމަށް އޭރު ގައުމީ ޓީމުގެ އެިސްޓެންޓް ކޯޗުކަން ކުރި ސުޒޭން ބުންޏެވެ.

ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އަނިޔާގައި ހުރުމުން އިތުރަށް އޭނާގެ ހާލަތު ބަލާނެ ކަމަށް ސުޒޭން ބުންޏެވެ. އޭއެފްސީ ކަޕުގައި މާޒިޔާ ކުޅުނު ތިން މެޗުގައި ވެސް ސަމޫހް ބައިވެރިއެއް ނުވެ އެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ކުޅުންތެރިން ނަގާފައި ވަނީ، އޭއެފްސީ ކަޕުގައި ރާއްޖެ އިން ވާދަކުރި މާޒިޔާ އާއި އީގަލްސްގެ ޓީމުންނެވެ. ސުޒޭން ބުނީ އެހެން ކްލަބުތަކުގެ ކުޅުންތެރިން ނުކުޅެ ގިނަ ދުވަސްތަކެއް ވުމުން އެ ކުޅުންތެރިން ފިޓް ކުރަން ނަގަން ޖެހޭ ޗެލެންޖު ބޮޑުވާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން މިއަދު ހަވީރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އޭއެފްސީ ކަޕުގައި މާޒިޔާއަށް ކުޅުނު ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ދޭނެ އެވެ. ކުރިން އޮކްޓޯބަރު 13 ގައި ނިންމަން އޮތް ސާފް ޗެމްޕިއަންޝޕް މިހާރު ނިމޭނީ އޮކްޓޯބަރު 16 ގަ އެވެ. މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ ގުރޫޕް ސްޓޭޖު ކުރިއަށް ގެންދާނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާނެ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ އިން ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 12 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

ސުޒޭން ބުނީ މުބާރާތުގެ ޝެޑިއުލް އޮތް ގޮތުން ޓީމަކަށް އޭގެ ފައިދާ ކުރާނަމަ އެންމެ ބޮޑަށް އޭގެ ފައިދާ ކުރާނީ ރާއްޖެ އަށް ކަމަށެވެ. މި މުބާރާތުގައި އެންމެ ވާދަވެރި ތިން ޓީމަކަށް ވާނީ ރާއްޖެ، ބަންގްލަދޭޝް އަދި އިންޑިއާ ކަމަށް ސުޒޭން ބުންޏެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް އެންމެ ފަހުން ކުޅެން އޮތުމަކީ ވެސް ރާއްޖެ އަށް ރަނގަޅެއް ކަމަށް ސުޒޭން ބުންޏެވެ.

މާޒިޔާ: ކީޕަރު ހުސައިން ޝަރީފް، މޫސާ ޔާމީން (ޔާންބެ)، އިބްރާހިމް އައިސަމް (ޓޯނީ)، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އިރުފާން (އިރޭ) ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމައިރު، އަސަދުﷲ އަބްދުﷲ، (އަސޯ)، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕް)، ނާއިޒް ހަސަން (ދާދު) އަހްމަދު އަބްދުﷲ (ލިލީ) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ)

ކްލަބު އީގަލްސް: އިމްރާން ނަޝީދު، އަހްމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކްރޯ)، މުހައްމަދު ނާއިމް، ހައިޝަމް ހަސަން (ބިޑީ) އަދި އަސްހަދު އަލީ (އަޑޭ)

ވެލެންސިއާ: ކީޕަރު މުހައްމަދު ޝަފީއު (ޗެކް)، ކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގް (ދަގަނޑޭ) އަދި އަކުރަމް އަބްދުލް ގަނީ

ޔުނައިޓެޑް ވިކްޓަރީ: ކީޕަރު އަލީ ނާޖިހް، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ، އަލީ ހައިޝަމް (ޗުމްޕު)

ގްރީން ސްޓްރީޓް: މުހައްމަދު ސާއިފް އަދި ހަސަން ނަޒީމް (ޗޯޓް)

ޓީސީ: މުހައްމަދު އަޖުފާން އަދި އަލީ ޝާމިސް (ތޮއްޕެ)

ދަ ގްރާންޑޭ: ޔަޝްފާދު ހަބީބު (މުލަކޭ)