އެމްއެމްޕީއާރްސީން ޖަޕާނުގެ ޓަބީ މިއުސްއާ އެކު ލައިވް ސެޝަނެއް
އެމްއެމްޕީއާރްސީން ޖަޕާނުގެ ޓަބީ މިއުސްއާ އެކު ލައިވް ސެޝަނެއް

ޖަޕާނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) އިން އިއްޔެ ލައިވް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ޖަޕާނުގެ މަޝްހޫރު ޓަބީ މިއުސްއާ އެކު އެ ކުންފުނިން ކުރިއަށް ގެންދިޔައީ 30 މިނެޓުގެ އިންސްޓަގްރާމް ލައިވް ސެޝަނެކެވެ.

ޓަބީ މިއުސް އަކީ ޖަޕާނުގެ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު މީޑިއާ ޕްލެޓްފޯމެކެވެ.

މި ސެޝަންގައި އެ ކުންފުނިން ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއާ ގުޅޭ މައުލޫމާތު ޖަޕާނުގެ ޓޫރިސްޓުންނަށް ދީފަ އެވެ. ރާއްޖޭގެ ރިސޯޓު، ގެސްޓް ހައުސް، ލިވް އަ ބޯޑް، ހޮޓެލް އަދި ރާއްޖެއިން ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ވަނީ އެ ޓީމާ ހިއްސާކޮށްފަ އެވެ.

މި ސެޝަންގައި އެމްއެމްޕީއާރްސީން ވަނީ ރާއްޖެ އަކީ ޓޫރިސްޓުން އައުމަށް ރައްކާތެރި ތަނެއް ގޮތުގައި އިޝްތިހާރުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތް ވެސް ކިޔައިދިނެވެ.

އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގައި، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ވެސް ދީފަ އެވެ.