ކާނިވާ ސަރަހައްދުގައި ގާ އަތުރަން ފަށައިފި
ކާނިވާ ސަރަހައްދުގައި ގާ އަތުރަން ފަށައިފި

މާލެ އަލިމަސް ކާނިވާލު ސަރަހައްދުގައި ގާ އަތުރަން މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

އަޑިގުނޑުންތައް ގިނަ އަދި ވާރޭ ވެހިއްޖެ ނަމަ ގިނަ ވަގުތު ފެން ހެދިފައި އޮންނަ މި ސަރަހައްދުގައި ގާ އަތުރާއިރު، އެތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފެށީ މިދިޔަ ހަފުތާގަ އެވެ.

ކާނިވަލުގައި ގާ އަތުރަމުން އަންނައިރު، މާލޭގެ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުން މާދަމާ ރޭ އެތަނުގައި ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ކާނިވާ ސަރަހައްދުގައި ގާ އަތުރާއިރު ހަދާ ޕާކިން ޒޯނުގެ ޖާގައިގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.

ކާނިވާ ސަރަހައްދުގައި ކެފޭތައް ވެސް ހިންގަމުން އަންނައިރު އެތަނުގައި ފެން ހެދި ނުތާހިރުކޮށް އޮތުމުގެ ޝަކުވާ ބޮޑެވެ.