25 އޯގަސްޓް 2021 - 12:05

ޖަރުމަން ކުރަފި ނުވަތަ ކުދި ކުރަތްޕަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ފެންނަ ބާވަތުގެ ކުރައްޕެވެ. މީގެ އުނދަގޫ ވަރަށް ގިނަ ގޭގޭގައި ދިމާވެ އެވެ. ބަދިގެ އާއި ފާހާނާ ތެރެއިން މީގެ ކުރަފި އާއްމުކޮށް ފެނެ އެވެ.
ގެއަށް ގެންނަ ސެކަންޑް ހޭންޑް ފަރުނީޗަރާއި ކާބޯތަކެތި ގެންނަ ކޮތަޅާއި ކަރުދާސް ފޮށި ފަދަ ތަކެތީގެ ތެރެއިން ކުރަފިތައް ގެއަށް ވަދެ އެވެ. ދެން އެކި ތަންތަނުގައި ބިސް އަޅައި އާލާވެ އެވެ.
މި ކުރަފިތައް ފާހާނާ އާއި ބަދިގެއިން ގިނައިން ފެންނަނީ އެތަންތަނަކީ އެސޮރުމެންނަށް ފެނާއި ކާނާ ލިބެން ހުންނަ ތަންތަނަށް ވާތީ އެވެ. އެތަންތަނުގެ މާހައުލު ހުންނަ ގޮތުގެ ސަބަބުން ކުރަތްޕަށް ހޫނުކަން ލިބި ކާނާ ވެސް ލިބެ އެވެ. އާއްމުކޮށް މިފަދަ ކުރަފި ފިނި ގަދަ ތަންތަނުގައި އާލާއެއް ނުވާނެ އެވެ.
ކުދި ކުރަތްޕަކީ ޖަރާސީމް ފަތުރާ ނުރައްކާތެރި ސޫތްޕެކެވެ. މި ކުރަފިތަކަކީ ވެސް މެހި ފަދައިން އެކި ތަންތަނުގައި ހުންނަ ޖަރާސީމު އެއްތަނުން އަނެއްތަނަށް ގެންދާ އެއްޗެކެވެ. އެގޮތުން 33 ވައްތަރެއްގެ ޖަރާސީމާއި ހަ ވައްތަރެއްގައި ފަނި އަދި ހަތް ވައްތަރެއްގެ "ޕެތޮޖެން" މި ކުރަފީގެ ފައިން ފެނިފައިވެ އެވެ.
މީގެ އިތުރުން މި ކުރަފިތަކުގެ ކުޅާއި ނަޖިސް އަދި މަރުވެފައި ހުންނަ ކުރަފިތަކުން އިންސާނުން އެލާޖިކުވާފަދަ ޕްރޮޓީން ބޭރު ކުރެ އެވެ. މީގެ ސަބަބުން ނޭވާއަށް ހިއްލުން ފަދަ ކަންކަން ވެސް ދިމާވެ އެވެ. މި ޕްރޮޓީންގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ ކުޑަކުދިންނަށެވެ.
ގޭގައި ކުރަފި ގިނަވުމުން އާއްމުކޮށް ދިވެހިން ބޭނުން ކުރަނީ ކެމިކަލް އެކުލެވޭ ސްޕްރޭތަކެކެވެ. ނަމަވެސް ކުރަތްޕަކީ ކުދިކުދި ތަންތަނުގައި ފިލައި ތިބޭ އެއްޗަކަށްވުމުން އެ ސްޕްރޭ ބޭނުންކޮށްގެން ނައްތާލެވެނީ ވަރަށް މަދު އެއްޗެކެވެ.
ކުރަފީގެ އުނދަގުލުން ސަލާމަތްވާން ގުޅަންވީ ކްލީންޓެކަށެވެ. ޕެސްޓު ކޮންޓްރޯލާއި ސެންޓައިޒޭޝަންގެ ހިދުމަތްދޭ މި ކުންފުނިން ގޭގެ ތަކެއްޗަށް ގެއްލުން ނުވާގޮތަށް ފޮގު ބޭނުންކޮށްގެން ކުޑަކުޑަ ތަންތަނުގައި ފިލައި ތިބޭ ކުރަފި ވެސް ނައްތާލަދޭނެ އެވެ.
ކްލީންޓެކުގައި މި މަސައްކަތް ކުރުމުގައި ހަރަކާތްތެރިވަނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ. އަދި ކުރަފި ނައްތާލަން ބޭނުން ކުރާ ސޮލިއުޝަންތަކާއި އިކުއިޕްމަންޓުތަކަކީ ވެސް އެކަމަށް ހާއްސަކޮށްފައިވާ ތަކެއްޗެވެ. ކްލީން ޓެކުން ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ހޮޓްލައިން 7604413 ނުވަތަ 7779413 އަށް ގުޅައިގެން ހިދުމަތް ހޯދޭނެ އެވެ.