24 އޯގަސްޓް 2021 - 23:29

ށ. ފޭދޫގައި ހުންނަ އެ ރަށުގެ ކުރީގެ ސްކޫލްގައި މިރޭ އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.
އެމްއެމްޑީއެފުން ބުނީ، ރޯވީ އެ ތަނުގެ ކްލާސްރޫމްތައް ހުންނަ ބްލޮކެއްގައި ކަމަށެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުުނުކަން ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.
ފޭދޫގެ ބާ ސްކޫލަކީ މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލައި ފަޅުކޮށްފައިވާ ތަނެކެވެ. އެނގިފައިވާ ގޮތުގައި އެތަނުގައި މިހާރު ކަރަންޓެއް ވެސް ނުހުރެ އެވެ. އެތަނުގައި ހުރީ ކޮންކޮން ތަކެއްޗެއް ކަމެއް އަދި ނޭނގެ އެވެ.
ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސްކޫލްގެ އިމާރާތެއްގެ ވަރަށް ބޮޑުބައެއްގައި ވަނީ އަލިފާން ރޯވެފަ އެވެ.