24 އޯގަސްޓް 2021 - 17:51

އުތުރުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކުއްޖާ ރަހީނުކޮށް އަނިޔާކުރީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށްވެ އެވެ. އެކަމަކު ރަހީނުކުރީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.
އެ ހާދިސާގައި ކުއްޖާ ލިބުނީ ކޮން ކަހަލަ އަނިޔާއެއް ކަމެއް ވެސް ސާފެއް ނުވި އެވެ.
އެ ރަށުން ވާހަކަ ދެއްކެވި ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި އެ މައްސަލަ ބެލުމަށް އެ ރަށުގައި މިވަގުތު ވެސް ޖެންޑާ މިނިސްޓްރީގެ ޓީމެއް އެބަ ހަރަކާތްތެރިވެ އެވެ. އަދި ފުލުހުން ވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އެބަދެ އެވެ.
އެހެންވެ އެއީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ އެކަމާ ގުޅޭ ތަފްސީލު ކައުންސިލަކުން ވެސް ނުދެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ
ޖެންޑާ މިނިސްޓްރީން ބުނީ އިއްޔެ ރޭ ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާގެ ޓީމެއް މިއަދު އެ ރަށަަށް ގޮސްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.