އެލައިޑުގެ "ރައްކާވެ ތިބިއްޔާ" ކްލަބްހައުސް އަށް
އެލައިޑުގެ "ރައްކާވެ ތިބިއްޔާ" ކްލަބްހައުސް އަށް

އިންޝުއަރެންސާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް "ރައްކާވެ ތިބިއްޔާ"ގެ ނަމުގައި އެލައިންޑުން ކްލަބް ހައުސް އިވެންޓެއް ތައާރަފުކޮށްފި އެވެ.

ސީރީޒެއް ގޮތަށް ކުރިއަށް ގެންދާ މި އިވެންޓުގެ ފުރަތަމަ ޕްރޮގްރާމް އޮންނާނީ މިރޭ 8:30ގަ އެވެ. މި ސެޝަންތަކުގައި އެލައިޑުގައި މަސައްކަތް ކުރާ ދާއިރާގެ ތަޖުރިބާކާރުން މައުލޫމާތު ދޭނެ އެވެ.

މިރޭގެ ސެޝަން ހާއްސަކޮށްފައި ވަނީ ފަޔަ އިންޝުއަރެންސާއި ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓާސް އޯލް ރިސްކަށެވެ. މި ސެޝަނުގައި ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރެންސް ހިދުމަތްތަކާއި ހިދުމަތްތައް ހޯދުމުގައި ބަލަންވީ ކަންކަމަށް އަލި އަޅުވާލާނެ އެވެ. މި ސެޝަނުގައި އެލައިޑުގެ ތަޖުރިބާކާރުންގެ އިތުރުން އެމްއެންޑީއެފްގެ ފަޔާ ޑިޕާޓްމަންޓުގެ އިސް ބޭފުޅަކު ގެސްޓު ސްޕީކާއެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.

އެލައިޑުން ބުނީ އެ ކުންފުނިން ކްލަބް ހައުސްއާ ގުޅުނީ އާއްމުންގެ ތެރޭގައި އިންޝުއަރެންސް ހައްލުތަކާ ބެހޭ މައުލޫމާތު އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި ކްލަބް ހައުސްގެ ޒަރީއާއިން ވީހާ ވެސް ގިނަ ބަޔަކަށް އިންޝުއަރެންސާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ އެލައިޑުން ކުރަމުން އަންނަ އީޖާދީ އަދި ޒަމާނީ މަސައްކަތްތަކުގައި އާއްމުންގެ ހިޔާލު ހޯދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން ވަނީ އެ ކުންފުނީގެ ކްލަބް ހައުސް https://www.clubhouse.com/join/allied-insurance-company/2g9iyQib/mW62zXWB?fbclid=IwAR13vFsfQ0LX8x_nl5A4pHwzzNgCUivNV-eInppHFPeeiNtkNjJVjcbm6zs މެދުވެރިކޮށް ވީހާ ވެސް ގިނަ ބަޔަކު މި ސެޝަންތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވައިފަ އެވެ.