ލުކާކޫ ޗެލްސީގެ ޖޯޒީގައި އެނބުރި އައީ ދުނިޔޭގެ ފެންވަރުގެ ތަރިއެއްގެ ގޮތުގައި
ލުކާކޫ ޗެލްސީގެ ޖޯޒީގައި އެނބުރި އައީ ދުނިޔޭގެ ފެންވަރުގެ ތަރިއެއްގެ ގޮތުގައި

ލަންޑަން (އޯގަސްޓް 23) - ޗެލްސީގެ ޖޯޒީގައި އެނބުރި އައިސް ވޯލްޑް ކްލާސް ތަރިއެއްގެ ފެންވަރު ހުރިކަން ރޮމެލޫ ލުކާކޫ ސާބިތު ކޮށްދީފި އެވެ.

ލުކާކޫ ޗެލްސީގެ ޖޯޒީގައި އެނބުރި އައީ ދުނިޔޭގެ ފެންވަރުގެ ތަރިއެއްގެ ގޮތުގައި
ލުކާކޫ ޗެލްސީގެ ޖޯޒީގައި އެނބުރި އައީ ދުނިޔޭގެ ފެންވަރުގެ ތަރިއެއްގެ ގޮތުގައި

ލަންޑަން ޑާބީގައި މިރޭ އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީ ކާމިޔާބު ކުރީ ލުކާކޫ އާއި ރީސް ޖޭމްސްގެ ގޯލުތަކުންނެވެ.

މީގެ 10 އަހަރު ކުރިން ޗެލްސީ އަށް ލުކާކޫ ދިޔަ އިރު އޭނާ ހުރީ ފުރާވަރު އުމުރުގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އަލުން ޗެލްސީ އަށް އެނބުރި އޭނާ ދިޔައީ ވޯލްޑް ކްލާސް ސްޓްރައިކަރެއްގެ ގޮތުގަ އެވެ.

މިދިޔަ ސީޒަންގައި އިންޓަ މިިލާނަށް ސެރީ އާގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ލުކާކޫ އަލުން ޗެލްސީ އަށް ގެންދަން އެ ޓީމުން ވަނީ 132 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ. ޗެލްސީގެ ޖޯޒީގައި އަލުން ކުޅެން ފަށައި 15 ވަނަ މިނެޓް ތެރޭގައި ލުކާކޫ ވަނީ ގޯލް ކާމިޔާބު ކޮށްފަ އެވެ. ޗެލްސީގައި އޭނާ ހޭދަކުރި ފުރަތަމަ ސްޓިންޓްގައި ފުރަތަމަ 15 މެޗުގައި ވެސް ލަނޑެއް ނުޖެހެ އެވެ.

ޗެލްސީން ލުކާކޫ އަށް ކުރި ބޮޑު ހޭދައިން އެނގިގެން ދަނީ އެ ޓީމަކީ ޕްރިމިއާ ލީގަށް ވާދަކުރާނެ ޓީމެއް ކަމެވެ. ނަމަވެސް އާސެނަލް މުޅިން ތަފާތެވެ. ދެ މެޗު ކުޅުނު އިރު ދެ މެޗުން ބަލިވީ އެވެ. ބައިކޮޅަށް ހަތަރު ލަނޑު ވަން އިރު ލަނޑެއް ނުޖެހެ އެވެ. މިރޭގެ މެޗުގައި ލުކާކޫ ޖެހި ލަނޑަކީ އާސެނަލް ކޮޅަށް އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މީގެ ކުރިން ވެސްޓްބްރޮމޮވިޗް، އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ލުކާކޫ ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދު 144 އެރީ އެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ރީސް ޖޭމްސް ކާމިޔާބު ކުރުމުގެ ކުރިން ލުކާކޫ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނެވެ. މެޗުގެ 35 ވަނަ މިނެޓްގައި އޭނާ ވަނީ މޭސަން މައުންޓް ތަނަވަސް ކޮށްދިން ފުރުސަތަކުން ޗެލްސީ އަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

މިރޭ ސައުތުހެމްޓަން އާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ޔުނައިޓެޑަށް ހޯދުނީ ޕޮއިންޓެވެ. ޔުނައިޓެޑްގެ ފްރެޑް އަތުން ބައިކޮޅަށް ވަން ގޯލަކުން ފުރަތަމަ ހާފުގައި ސައުތުހެމްޓަން އިން ލީޑް ނެގި އެވެ. ދެ ވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ މޭސަން ގްރީންވުޑްގެ ގޯލުންނެވެ.

ވުލްވާހެމްޓަން ވޮންޑާސް އާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާސް ފެށީ އެ ޓީމުގެ ސްޓާ ފޯވަޑް ހެރީ ކޭން ބެންޗުގައި ބައިންދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ސްޕާސް އަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ޑެލީ އަލީ އެވެ. ކޭން ކުޅެން ނުކުތީ 72 ވަނަ މިނެޓްގައި ސަންގެ ބަދަލުގަ އެވެ.