ލާދީނީ އަދި ހަރުކަށި އަމަލުތައް ހުއްޓުވުމާ ބެހޭ މަޝްވަރާތަކެއް ކޮށްފި
ލާދީނީ އަދި ހަރުކަށި އަމަލުތައް ހުއްޓުވުމާ ބެހޭ މަޝްވަރާތަކެއް ކޮށްފި

ލާދީނީ ކަންކަމާއި ހަރުކަށި ފިކުރާއި ހުއްދަ ނޫން ވިޔަފާރިތަކާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން މިއަދު އެއްބަސްވެއްޖެ އެވެ.

ލާދީނީ އަދި ހަރުކަށި އަމަލުތައް ހުއްޓުވުމާ ބެހޭ މަޝްވަރާތަކެއް ކޮށްފި
ލާދީނީ އަދި ހަރުކަށި އަމަލުތައް ހުއްޓުވުމާ ބެހޭ މަޝްވަރާތަކެއް ކޮށްފި

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެން ލާދީނީ ފިކުރުތަކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި، އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި އިސްލާމީ އަހުލާގީ މިންގަނޑުން ބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ އެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް އެކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ގާނޫނީ ބާރު ލިބިގެން އެފަދަ މައްސަލަތައް ހައްލުކުރުމާއި އިދާރާތަކުގެ އިސްވެރިންނާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާތައް ކޮށްފައި މި ވަނީ ހަރުކަށި ފިކުރާއި ލާދީނީ އަމަލުތަކުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އޮތް ވަގުތެއްގަ އެވެ.