22 އޯގަސްޓް 2021 - 15:42

އދ. މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
މަހިބަދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، ކަލެކްޝަން ސެންޓަރު ހުޅުއްވައިދެއްވީ އދ. އަތޮޅު ކައުންސިލުގެ ރައީސް އަލީ ނަސީރެވެ.
މި ކަލެކްޝަން ސެންޓަރަކީ އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް މީރާގެ ހިދުމަތްތައް ވީހާ ވެސް ގާތުން ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށް މިރާއިން ބުންޏެވެ. މި ސެންޓަރުން ވެސް މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތެއް ދޭނެ އެވެ.
މީރާއިން ރަށްތަކުގައި ހުޅުވާ ކަލެކްޝަން ސެންޓަރުތަކުން ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާން ބަލައިގަތުމާއި ޓެކްސް އަދި އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.
މިހާތަނަށް މިރާއިން ވަނީ 18 އަތޮޅެއްގައި 19 ސެންޓަރު ހުޅުވައިފަ އެވެ.