ފުލުހަކު ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ
ފުލުހަކު ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

ދިވެހި ފުލުހަކު އޭނާގެ އަށް އަހަރުގެ ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެފަދަ މައްސަލައެއް ބަލާތޯ ސުވާލު ކުރުމުން ފުލުހުން ބުނީ، ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި މައްސަލައެއް މިއަދު މެންދުރު 12:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު މައްސަލައިގައި އެއްވެސް ތަފުސީލެއް ނުދެ އެވެ.